ވަލްޗާގެ ދެވަނަ އަހަރީ ސްޓަންޓް އެވޯޑްސްގައި ޝާހްރުކް ޚާންގެ ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން"އަށް ނޮމިނޭޝަންއެއް ލިބިއްޖެ އެވެ.
އެ ދެ ފިލްމު ވެސް ނޮމިނޭޓް ވެފައިވަނީ "ބެސްޓް އޮވާއޯލް އެކްޝަން ފިލްމް"ގެ ކެޓަގަރީއިންނެވެ. އޭގެ އިތުރުން ވެސް ޖަވާން ވަނީ ބެސްޓް ވެހިކަލް ސްޓަންޓް ކެޓަގަރީއިން ވެސް ނޮމިނޭޓްވެފަ އެވެ.
މި ކެޓެގަރީތަކުގައި އެ ދެ ފިލްމުގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މިޝަން އިމްޕޮސިބަލް 7 ވެސް ހިމެނެ އެވެ.
ހަތަރު އަހަރު ދުވަހަށްފަހު މި އަހަރު ވެފައިވަނީ ޝާހްރުކް ޚާންއަށް ވަރަށް ކާމިޔާބު އަހަރަކަށެވެ. އޭނާގެ ތިން ފިލްމެއް މި އަހަރު ނުކުމެފައިވާއިރު އޭގެ ތެރެއިން "ޕަތާން" އަދި "ޖަވާން"އަކީ "އޯލް ޓައިމް ބްލޮކްބަސްޓާ" ތަކެވެ.
ސްޓަންޓް އެވޯޑްސްގެ އިތުރުން މި ދެ ފިލްމަށް ވަނީ އިންޑިއާގެ ފިލްމްފެއާ އެވޯޑްސްގައި ވެސް ގިނަ ނޮމިނޭޝަންތަކެއް ލިބިފަ އެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ސުތުރާތައް މިސްކިތްތަކުން ނަގަން އަންގަނީ