އަތުގެ އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އޭނާގެ ގެއަށް އެނބުރި އައިސްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ވަރަށް ކުރިން ލިބިފައިވާ އަނިޔާއަކަށް ސައިފް ކުރީ އުޅަނބޮށީގެ އޮޕަރޭޝަނެކެވެ. އެއީ މާބޮޑު އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ސާޖަރީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މީގެ ކުރިން ސައިފް ބުނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށާއި 24 ގަޑިއިރު ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
ކުޑަ އޮޕަރޭޝަނެއް ނަމަވެސް އެކަމަށް ފަރުވާކުޑަކޮށް އަޅާނުލައި ހުރިނަމަ އޭނާގެ އަތް ބުރިކޮށްލަން ޖެހުނީސް ކަމަށް ވެސް ސައިފް ބުނެފައިވެ އެވެ.
އޮޕަރޭޝަނަށްފަހު ސައިފް އޭނާގެ އަންހެނުން ކަރީނާއާއެކު ގެއަށް އައިއިރު އަތުގައި "އާމް ސްލިންގް"އެއް އަޅާފައި އޮތެވެ. ސައިފް ވަނީ ގޭގެ ބޭރުން މީޑިއާއާ ސަލާމް ކޮށްފަ އެވެ.
ސައިފްގެ އޮޕަރޭޝަން ކޮށްފައިވަނީ މުމްބާއީގެ ކޮކިލާބެން ދިރުބައި އަމްބާނީ ހޮސްޕިޓަލުގަ އެވެ. މިއީ ބޮލީވުޑްގެ ގިނަ ތަރިން ހިދުމަތް ހޯދާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ ކޮބާ؟
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް