ވެރިންކުރާ މައި ޕާޓީ ޕީއެންސީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވާދަކުރައްވާ ދާއިރާ ނުހިމެނޭކަން ހާމަވެއްޖެ އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވާދަކުރައްވާ ހުޅުމާލެ ދެކުނު ދާއިރާއަށް ޕީއެންސީން ވާދަނުކުރާނެކަން އިތުބާރު ހުރި މަސްދަރަކުން "ހުރިހާ"އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މިކަން ރަސްމީކޮށް ޕީއެންސީން ހާމައެއް ނުކުރެ އެވެ.
ނަހުލާ މަޖިލީހަށް ވާދަކުަރައްވަނީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲގެ އެންގެވުމަކަށް ކަމަށް ވާހަކަދެވޭ އޯޑިއޯއެއް ވެސް ދާދިފަހުން އާންމުވި އެވެ.
ޕީއެންސީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެ ދާއިރާއަށް ވާދަކުރައްވަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގެންދެވީ ކެމްޕޭން ކުރައްވަމުންނެވެ.
މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް ޑިމޮކްރެޓްސްގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރައްވަން ވަނީ ނިންމަވާފަ އެވެ.
"މައިކަލް": ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ބައިބައި ވެފައި!
ރޭގަނޑުގެ ނިދި "ހަރާބު" ކޮށްލާ އާއްމު 3 އާދައެއް!
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ހައްލުކުރަނީ
