މާޗް 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ފަރާތުން 41 ދާއިރާއަކަށް ވާދަކުރެއްވުމަށް ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފަ އެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށް އެ ޕާޓީން ބުނެ އެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެ އެވެ.

ޕްރައިމަރީއަކާއި ނުލާ ދަ ޑިމޮކްރެޓްސްގެ ޓިކެޓް 37 މީހަކަށް ޓިކެޓް ދީފައިވަނީ އެ ދާއިރާތަކަށް އެމީހުން އެކަނި ކުރިމަތިލުމުންނެވެ.

ޓިކެޓް ކަށަވަރުކުރެއްވި ބޭފުޅުން

  • ކުޅުދުއްފުށި ދެކުނު ދާއިރާ - އަހުމަދު މުހައްމަދު - ދެރަހަ، ހދ. ކުޅުދުއްފުށި
  • ފުނަދޫ ދާއިރާ - އަބްދުލްޙަންނާން ހުސައިން - ނޫރާނީގެ، ށ. މާއުނގޫދޫ
  • މަނަދޫ ދާއިރާ - އާއިޝަތު އިބްރާހީމް - ފިނިފެންމާގެ، ނ. މާފަރު
  • ވެލިދޫ ދާއިރާ - މުހައްމަދު އަލީފުޅު - ފޭރުމާގެ، ނ. ވެލިދޫ
  • އުނގޫފާރު ދާއިރާ - މުހައްމަދު ޝިފާޒް - މަދޮށިމާގެ، ހއ. ބާރަށް
  • އިނގުރައިދޫ ދާއިރާ - މުހައްމަދު ވަހީދު - ސަތަރުގެ، ރ. ފައިނު
  • މަޑުއްވަރި ދާއިރާ - އަލީ ނަޡްމީ - ދިލާސާގެ، ރ. މަޑުއްވަރި
  • ތުޅާދޫ ދާއިރާ - އަހުމަދު އަފްރާޙް - އާރު، ބ. ތުޅާދޫ
  • މާފުށި ދާއިރާ - މުހައްމަދު މުސްތަފާ - ވިވިޑް، ކ.މާފުށި
  • މާމިގިލި ދާއިރާ - ހަސަން އިބްރާހީމް - ފިނިފެންމާގެ، ނ.މާފަރު
  • ފެލިދޫ ދާއިރާ - ޝުޖާއު އަލީ - ދިލްބަހާރުގެ، ވ. ތިނަދޫ
  • ކެޔޮދޫ ދާއިރާ - އާދަމް އަބްދުއްލަޠީފް - ދަފްތަރު. ނަންބަރު 4774 / މާލެ
  • ދިއްގަރު ދާއިރާ - އިބްރާހީމް އިސްމާޢީލް - ނަފާ، މ. މަޑުއްވަރި
  • މުލަކު ދާއިރާ - ޠާހާ ރަޝީދު - ކަށިމާގެ، ގދ. ހޯނޑެއްދޫ
  • ކުޑަހުވަދޫ ދާއިރާ - އަހުމަދު ޝަމްއޫނު - ޖަންގަލީވިލާ، ދ. ކުޑަހުވަދޫ
  • ތިމަރަފުށި ދާއިރާ - ފާޠިމަތު ޒިލްމާ - އަމާޒް، ތ. ތިމަރަފުށި
  • ގުރައިދޫ ދާއިރާ - ލީލާ އިބްރާހީމްމަނިކު - އާރްޒޫ، ތ. ގުރައިދޫ
  • ފޮނަދޫ ދާއިރާ - އަޒްލިފާ ޔޫސުފް - ތުނޑި، ކަދިލިމާގެ، ލ. ގަން
  • ގައްދޫ ދާއިރާ - އަޙްމަދު ޒާހިރު - މ. ލާބަ، މާލެ
  • ފުވައްމުލަކު ދެކުނު ދާއިރާ - އުމަރު އަބްދުﷲ - ފުނާޑު، އުފާ، ޏ. ފުވައްމުލައް
  • ހުޅުދޫ ދާއިރާ - މުހައްމަދު ޔާސިން - ރަސްގެދަރު، ސ. ހުޅުދޫ
  • ހިތަދޫ އުތުރު ދާއިރާ - ޝަބީނާ އިބްރާހީމްދީދީ - ފެމޯރާގެ، ސ. ހިތަދޫ
  • ހިތަދޫ މެދު ދާއިރާ - އަހުމަދު ރަޝީދު - އަރާއިރު، ސ. ހިތަދޫ
  • މެދުހެންވޭރު ދާއިރާ - އަލީ އާޒިމް - ހ. ނިއުކްއީން، މާލެ
  • ހެންވޭރު އުތުރު ދާއިރާ - އިޝްރަތު ހަމީދު - ހ. ނީމާ، މާލެ
  • ގަލޮޅު އުތުރު ދާއިރާ - އީވާ އަބްދުﷲ - ގ. ދޭލިޔާވިލާ، މާލެ
  • ގަލޮޅު ދެކުނު ދާއިރާ - އިސްމާޢީލް ޒަރިޔަންދު - ގ. ނަންކުރާވިލާ، މާލެ
  • މައްޗަންގޮޅި އުތުރު ދާއިރާ - ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދު - ގ. ހައްދުންމަތީދެކުނުގެ، މާލެ
  • މައްޗަންގޮޅި ދެކުނު ދާއިރާ - އާމިނަތު މުނާ - މއ. ބްލޫކޯރަލް، މާލެ
  • މާފަންނު އުތުރު ދާއިރާ - އިމްތިޔާޒް ފަހުމީ - މ. އަފްޒާ، މާލެ
  • މާފަންނު ހުޅަނގު ދާއިރާ - އަހުމަދު ސައީދު - މ. އެސްޓަންވިލާ، މާލެ
  • މާފަންނު މެދު ދާއިރާ - އިބްރާހީމް ރަޝީދު (ބޮންޑަ) - މ. ޕްމޮޕިޔާ، މާލެ
  • މާފަންނު ދެކުނު ދާއިރާ - އަފާފް އަޙްމަދު ރަޝީދު - މއ. ކެނެކްސާ، މާލެ
  • ހެންވޭރު ހުޅަނގު ދާއިރާ - ޙަސަން ލަޠީފް - ހ. ސީވީޑް، މާލެ
  • މައްޗަންގޮޅި މެދު ދާއިރާ - އާޝިޔަތު އަލައިކާ ޢަދުނާން - މއ. ތަބައްގެ، މާލެ
  • ހުޅުމާލެ މެދު ދާއިރާ - ޒީނަތު ޢަލީ - ދަފްތަރު. ނަންބަރު 2616، މާލެ
  • ހުޅުމާލެ އުތުރު ދާއިރާ - ފާޠިމަތު ޙަމްދާ މުޙައްމަދު - ލަކީލާސްޓް، ގދ. ތިނަދޫ

ދަ ޑިމޮކްރެޓްސްއިން ޢާންމުކޮށްފައިވާ އިއުލާންގައިވާގޮތުން ޕްރައިމަރީ އޮންނާނީ 4 ދާއިރާއެއްގަ އެވެ. އެއީ ކެލާ ދާއިރާއާއި، ކަނޑިތީމު ދާއިރާއާއި، ހުޅުމާލެ ދެކުނު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާގައެވެ. އެއީ އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާތީ އެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.