ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމިޓީން މިރޭ ސަރުކާރުގެ ގެޒެޓުގައި އެ ލިސްޓު ޝާއިއުކުރީ މިރޭ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ދާއިމީ ލިސްޓް ނެރެފައި ވަނީ 25 ބުރީގެ 16 ޓަވަރުގައި ހުރި ފްލެޓްތަކުގެ އެވެ. އޭގެއިތުރުން ސަރުކާރު ކުންފުނިތަކުން އިމާރާތްކުރާ ފްލެޓުތައް ވެސް ހިމެނެއެވެ. އެ ފްލެޓްތައް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެ ކުންފުނިތަކުންނެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ އަށް ކެޓަގަރީގެ ދާއިމީ ލިސްޓު ވެސް މިރޭ ގެޒެޓްކޮށްފައިވެއެވެ. އެތަންތަނުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުރެއެވެ. ނަމަވެސް ކޮންމެ އިމާރާތެއްގެވެސް އެންމެ ތިރި ކޮމާޝަލް ބޭނުމަށް ދޫކުރުމަށްފަހު މީހުން ދިރިއުޅުމަށް ދޫކުރާނީ 6،720 ފްލެޓެވެ.
ބިޑަކާ ނުލައި މެންބަރު ސައުދުﷲގެ ކުންފުންޏަށް ވެސް މަޝްރޫއުތަކެއް
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
އޮކްޓޫބަރު މަހު ވޭޕް ޖޫރިމަނާއަށް 226،000 ރުފިޔާ
