1960ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީގެ ހަޔާތުގެ ގިނަ ސިއްރުތަކެއް ޕެރަމައުންޓް ނެޓްވޯކްއިން ދައްކާ "ރީއިންވެންޓިން އެލްވިސް" ޑޮކިއުމެންޓްރީ ފިލްމުން ހާމަވެއްޖެ އެވެ.

އެގޮތުން 1968 ވަނަ އަހަރު އެމެރިކާގައި ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި އެލްވިސްއަށް ކުރިމަތިވި ގޮންޖެހުންތަކާއި ފިއްތުންތައް އެ ޑޮކިއުމަންޓްރީއިން ފެނިގެންދެ އެވެ.

އެ ފިއްތުންތަކާހެދި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެލްވިސް އެ އަހަރު ދޭން އޮތް "ކަމްބެކް ކޮންސެޓް" ކެންސަލްކުރާ ހިސާބަށް ދިޔަ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ވެސް އެލްވިސްގެ ކަމްބެކް ކޮންސެޓާ ގުޅިގެން އޭނާގެ ޒާތީ ހަޔާތުގައި ހިނގި ބައެއް ކަންކަމަށް ވެސް އެ ފިލްމުގައި އަލިއަޅުވާލާފައިވެ އެވެ.

"ރީއިންވެންޓިން އެލްވިސް" ބައްލަވަން ބޭނުންވާ ފަރާތްތަކަށް މީޑިއާނެޓްގެ ޗެނަލް 800 ޕެރަމައުންޓްއިން މާދަމާ މެންދުރު 12:40ގައި ފެނިވަޑައިގަންނަވާނެ އެވެ. އަދި ރިޕީޓް 28 ފެބްރުއަރީގެ 18:45ގައި ހަމަ އެޗެނަލުން ދައްކާނެ އެވެ.