1992 ވަނަ އަހަރު ނެރުނު "ކިލާޅީ" ފިލްމަކީ އަކްޝޭ ކުމާރުގެ ފިލްމީ ހަޔާތުގައި އެންމެ ކާމިޔާބުވި އެއް ފިލްމު ކަމުގައި ބުނެވިދާނެ އެވެ.

އެހެން ނަމަވެސް ގިނަ މީހުންނަށް ނޭނގި އޮތް ކަމަކީ އެ ފިލްމު އެންމެ ފުރަތަމަ ހުށައެޅުނު ތަރިއަކީ އަކްޝޭ ނޫން ކަމެވެ. ކިލާޑީ އެންމެ ފުރަތަމަ ހުށައެޅުނީ އަރުބާޒް ޚާންއަށެވެ.

މިކަމާ ބެހޭ ގޮތުން އަރުބާޒް ބުނީ ކިލާޑީގެ ޕްރޮޑިއުސަރުން ކަމަށްވާ އައްބާސްއާއި މަސްތާން އޭނާ އެ ފިލްމަށް ނަގަން ބޭނުންވި ކަމަށާއި އެހެން ނަމަވެސް އެ ވަގުތު އެހެން ފިލްމަކަށް ސޮއި ކުރެވިފައި އޮތުމުން އެ ފުރުސަތު ދޫކޮށްލަން ޖެހުނީ ކަމަށެވެ.

އަރްބާޒް އިތުރަށް ބުނީ ކިލާޅީގެ ފަހުން ހަމަ އެ ޕްރޮޑިއުސަރުން އޭނާއަށް އެހެން ފިލްމެއް ވެސް ހުށައެޅި ކަމަށާއި އެއީ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޫހީ ޗަވްލާއާއި ރިޝީ ކަޕޫރާއެކު މަސައްކަތް ކުރަން ލިބުނު ހުށައެޅުމެއް ކަމަށެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ އަރުބާޒް ޚާން ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު "ދަރާރް"އިންނެެވެ. އެހެން ނަމަވެސް އޭނާގެ ބޭބެ ސަލްމާން ޚާންއަށް ލިބުނު ފަދަ ކާމިޔާބެއް އަރްބާޒަށް ލިބިފައެއް ނުވެ އެވެ.