2000ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަޔޭޝާ ޓާކިޔާ ދާދި ފަހުން ވަނީ އޭނާގެ އާއިލީ ކަމެއްގައި ގޯއާއަށް ގޮސްފަ އެވެ.

ދައްތަ ބަލިވެގެން އެމެޖެންސީކޮށް ގޯއާއަށް ދިޔަ ކަމަށް އޭނާ ބުނިއިރު އެ ހާލަތުގައި ވެސް ބައެއް މީހުން ވަނީ އޭނާގެ ބުރުސޫރައަށް ފާޑުކިޔާފަ އެވެ.

އެގޮތުން ޕްލާސްޓިކް ސާޖަރީއަށް ފަހު އުމުރުން ދުވަސްވާ ވަރަކަށް އޭނާގެ ސޫރަ އިތުރަށް ހަޑިވަމުން އަންނަ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން އަޔޭޝާ ބުނީ އޭނާގެ ކަންކަމަށް ފާޑުކިޔުން ނޫން ކަންކަމުގައި މީހުން އުޅެން ވެއްޖެ ކަމަށާއި މީގެ 15 އަހަރު ކުރިން އޭނާ ހުރި ގޮތަށް އޭނާ ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އަޔޭޝާ ވަނީ ދުވަހަކު ވެސް ބޮލީވުޑަށް އެނބުރި އަންނަން ބޭނުންނުވާ ކަމަށާއި އޭނާ މިހާރު އުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށް ވެސް ބުނެފަ އެވެ.

އަޔޭޝާގެ މަޝްހޫރު ފިލްމުތަކުގެ ތެގޭގައި ސަލްމާންއާއެކު ކުޅެފައިވާ "ވޯންޓަޑް"ގެ އިތުރުން ވަޓްސަލް ސެތުއާއެކު ފެނިގެންދިޔަ "ތާޒަން- ދަ ވޮންޑަ ކާ" ހިމެނެ އެވެ.