ދާދިފަހުން ބޭއްވި ދާދާސާހެބް ޕަލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އެވޯޑްސްގައި ޝާހްރުކް ޚާންއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިއްޖެ އެވެ.

މިދިޔަ އަހަރު ނުކުތް "ޖަވާން" ފިލްމުގައި ޝާހްރުކް ޚާން ދައްކުވައިދީފައިވާ އެކްޓިންއަށް އެވޯޑު ލިބުނުއިރު މިއީ އަހަރުތަކަކަށްފަހު އެ އެވޯޑު އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެވޯޑާ ހަވާލު ވަމުން ޝާހްރުކް ޚާން ބުނީ އޭނާއަށް އެކަހަލަ އެވޯޑެއް ނުލިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެހެން ކަމުން އޭނާ ހުރީ ދެން ނުލިބޭނެ ކަމަށް ނިންމައިގެން ކަމަށެވެ.

އެއާއެކު ޝާހްރުކް ޚާން ވަނީ އެވޯޑުގެ ޖޫރީ މެމްބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. ހަމަ އެހެންމެ ކުރިއަށް އޮތްތަނުގައި ވެސް އޭނާގެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޝާހްރުކް ޚާންގެ އެންމެ ގިނަ ފިލްމުތައް ނެރުނު އަހަރެވެ. އެގޮތުން ތިން ފިލްމެއް ނެރެނުއިރު އޭގެ ތެރެއިން "ޕަތާން" އާއި "ޖަވާން"އަކީ ބްލޮކްބަސްޓާ ފިލްމުތަކެކެވެ.