ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރަކީ އެ ދާއިރާގައި މަސައްކަތްކުރާ "އެންމެ ޒުވާން" އެކްޓަރުގެ ގޮތުގައި ގިނަ ބަަޔަކު ސިފަކުރެ އެވެ. އުމުރުން 70އާ ގާތްކޮށްފައިވީ ނަމަވެސް އަނިލް މިއަދުވެސް ފެންނަނީ ވަރަށް ޒުވާން ކޮށެވެ.

އަނިލް ޒުވާންކޮށް ހުރުމުގެ ސިއްރު އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރު ވަނީ ދާދި ފަހުން މީޑިއާއަށް ހާމަކޮށްދީފަ އެވެ. އެގޮތުން ސޯނަމް އޭނާގެ ބައްޕަގެ އާދަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.

ސޯނަމް ބުނީ އޭނާގެ ބައްޕައަކީ ރާބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުންދޭ އާދަތައް ގެންގުޅޭ މީހެއް ނޫން ކަމަށާއި ބައްޕަގެ ސިއްހަތުގެ ސިއްރަކީ އެއީ ކަމަށެވެ.

އޭގެ އިތުރުން ވެސް ސޯނަމް ބުނެފައިވަނީ ބައްޕަގެ ސިއްހަތު ކަށަވަރު ކުރަން އެހީވެދެނީ އޭނާގެ މަންމަ ކަމަށާއި ބައްޕަގެ ހުރިހާ ކަމެއް ބަލަހައްޓަނީ މަންމަ ކަމަށެވެ.

މީގެ އިތުރުން ވެސް ސޯނަމް ވަނީ އޭނާގެ ބައްޕަ ފަރާތު އާއިލާގެ ފިރިހެނުންނަކީ އަބަދުވެސް ރީތި ސިއްހަތު ރަނގަޅު ބައެއް ކަމަށެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަނިލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންދީޕް ރެޑީގެ ބްލޮކްބަސްޓާ "އެނިމަލް"ގެ މުހިއްމު ރޯލަކުންނެވެ.