ޕަރިނީތީ ޗޯޕްރާއަކީ ބޮލީވުޑަށް ނުކުތުމުގެ ކުރިން ވަރަށް ފަލަކޮށް ހުރި މީހެކެވެ. ބޮލީވުޑަށް ނުކުތުމަށް ފަހު ވެސް ޕަރިނީތީ ފަލަކަމަށް ބުނެ އިންޑަަސްޓްރީގައި އޭނާއަށް ފުރައްސާރަކޮށްފައިވެ އެވެ. މި ހުރިހާ ކަމަކާ އެކު ވެސް މިހާރު އޭނާ ވަނީ ކަސްރަތުކޮށް، ވަރަށް ބޮޑަށް ހިކިފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ ފަލަކޮށް ހުރި ދުވަަސްވަރަކީ އެއްކޮށް ހަނދާނުން ވެސް ފޮހެލަން ބޭނުންވާ ދުވަސްތަކެއް ކަމަށެވެ.

އެއާއެކު ކޮލެޖުގައި އުޅުނު އެ ދުވަސްވަރަކީ ވެސް އޭނާގެ ސިއްހަތަށް ފަރުވާކުޑަ ކުރެވުނު ދުވަސްވަރެއް ކަމަށް ޕަރިނީތީ ބުންޏެވެ.

"ބައެއް ފަހަރު ހިތަށް އަރާ އެ ދުވަސްތައް އެއްކޮށް ހަނދާނުން ފޮހެލެވޭ ނަމައޭ. އޭރު ހިތަކަށްވެސް ނާރާ އެހާ ފަލަކޮށް ކަމެއް ހުރީ. މިއަދު އަހަރެން ދިރިއުޅުމާއި ސިއްހަތާއި މެދު ކުރިއަށްވުރެ ބޮޑަށް ވިސްނަން. އޭރުގެ ފޮޓޯތައް ފެނުނީމަ މިހާރު ބިރުން ފިތްކަނޑައިގެންދާ ވަރުވޭ،” ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޕަރިނީތީ ބުންޏެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ޕަރިނީތީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނުކުތް ފިލްމު " މިޝަން ރަނިގަންޖް" އިންނެވެ.