ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު އަތުލައިގަތީ ހއ. ކެލާގެ އިރުއިތުރުން ގާތްގަނޑަކަށް 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ. މަސް ބޯޓު އަތުލައިގަތީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ބޯޓުގައި އިންޑިއާގެ 10 މީހުން ތިބި ކަމަށްވެ އެވެ.

އެ ބޯޓުގައި ތިބި މީހުންނާ މެދުގައި ފިޔަވަޅު އަޅާނީ މަސްވެރިކަމާ ގުޅޭ ގާނޫނުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީންނެވެ.