ތައިރޮއިޑް ގްލޭންޑްގައި މައްސަލައެއް ނުޖެހި ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް ބައެއް ކާނާއިން އެހީތެރިކަން ފޯރުކޮށްދެ އެވެ. އަޔޮޑިން ހިމެނޭ ކާނާ ކެއުމަކީ ތައިރޮއިޑް މައްސަލަތަކުން ދުރުވުމަށް އެޅޭ ބާރަކަށްވެ އެވެ. އޭގެ ސަބަބުން ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯމޯންސް އުފައްދައިދެ އެވެ.
ތައިރޮއިޑް ގްލޭންޑުން އުފައްދާ އެކްޓިވް ހޯމޯންސް ޓީ3 ނުވަތަ ޓްރައިއައިޑޮތައިރޮނީން އާއި ޓީ4 ނުވަތަ ތައިރޮކްސިން އުފެއްދުމަށް ތިން އައޮޑިން މޮލެކިއުލްސް އެއް ބޭނުންވެ އެވެ. އައޮޑިން އަކީ ތައިރޮއިޑްގެ މަސައްކަތަށް ވަރަށް މުހިއްމު އެއްޗަކަށް ވާތީ ތައިރޮއިޑް މައްސަލައަކީ ހަގީގަތުގައި އަޔޮޑިން މަދުވުމުން ޖެހޭ މައްސަލައެއްގެ ގޮތުގައި ބެލެވެ އެވެ.
ތައިރޮއިޑް މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ކުރަން ޖެހެ އެވެ. އަދި ލޮނުމެދަކީ ވެސް ތައިރޮއިޑަށް ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ބެލެވެ އެވެ. ލޮނުމެދަކީ ހަމައެކަނި އެއިން ލާ ރަހައަށް ވުރެ ބޮޑަށް އޭގައި އެކުލެވޭ ސިއްހީ ފައިދާތަކަށް ބަލައި ކާން ޖެހޭ އެއްޗެކެވެ.
ސަބަބަކީ ލޮނުމެދުގައި ވަރަށް ގިނަ ބައޮއެކްޓިވް ކަމްޕައުންޑްސް އެކުލެވޭތީ އެވެ. ލޮނުމެދަކީ ހައިޕަ ތައިރޮއިޑް މައްސަލަ ހުންނަ މީހުންނަށް ރަނގަޅު ފަރުވާއެއް ދެވޭ އެއްޗެއް ކަމަށްވެ އެވެ. އޭގައި އައޮޑިން ހުންނަލެއް ގިނަކަމުންނެވެ.
އެހެން ކަމުން ތައިރޮއިޑްގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކެއުމުގައި ގިނަގިނައިން ލޮނުމެދު ހިމެނުމަކީ ބުއްދިވެރި ގޮތެކެވެ.