އިންޑިއާގެ މަގުބޫލު ޓީވީ ތަރި އަރުޖުން ބިޖްލާނީ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީކޮށް އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އަރުޖުން ހޮސްޕިޓަލަށް ގެންދެވުނީ ކަނާތް ފަރާތު އަރިކަށީގައި މާ ގަދައަށް ރިއްސާތީ އެވެ.

އެގޮތުން ޑޮކްޓަރުން ބެލި ބެލުމުން އެއޭ އެޕެންޑިކްސްގެ ކޭސްއެއް ކަމަށް ޝައްކު ކުރެވޭ ކަމަށާއި އެމެޖެންސީކޮށް އޮޕަރޭޝަން ކުރަން ޖެހިދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އަރުޖުން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އައިވީ ގުޅާފައި އޮތް އަތުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް ކަމަށް ބުނެފައިވެ އެވެ.

އަރްޖުންއަކީ ކާމިޔާބު ގިނަ ހިންދީ ސީރީޒްތަކަކުން ފެނިފައިވާ ތަރި އެކެވެ. އޭގެ ތެރޭގައި ނާގިން، އިޝްގް މޭ މަރްޖާވާން ފަދަ ސީރީޒުތައް ހިމެނެ އެވެ. އޭނާ މިހާރު ފެނިގެންދަނީ "ޕްޔާރުކާ ޕެހްލާ ނާމް: ޝިވް ޝަކްތީ" އިންނެވެ.