ސާރާ އަލީ ޚާންއަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ތަރި އެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ސާރާ ޔުނިވާސިޓީ ތައުލީމު ނިންމީ 2013 ވަނަ އަހަރު އެވެ.
ސާރާ ތައުލީމު ހާސިލްކުރި ޔުނިވާސިޓީގެ ދަސްވެނިވުުމުގެ ހަފްލާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުަމުން އަންނައިރު އެ ވީޑިއޯއިން ގިނަ ބަޔަކު ފާހަގަކުރީ ތަފާތު ކަމެކެވެ.
ނީތާ އަމްބާނީއާއި އާމިރު ޚާންގެ ފަރާތުން ދަސްވެނިވުމުގެ ސެޓްފިކެޓް ގަބޫލުކުރާ މަންޒަރު ފެންނަ އެ ވީޑިއޯގައި ސާރާ ސްޓޭޖަށް އަންނަން ގޮވާފައިވަނީ އޭނާގެ އަސްލު ނަމުގެ ބަދަލުގައި "ސާރާ ސުލްތާން"ގެ ނަމުންނެވެ.
މި ނަމުން އޭނާއަށް މުހާތަބު ކުރެވުނީ ކީއްވެގެންތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސުވާލު ކުރަމުން އަންނައިރު ސާރާ ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި އެކަމަށް އަލި އަޅުވާލާފަ އެވެ.
އެގޮތުން ވަރަށް ފަހަކާ ޖެހެންދެން އޭނާގެ ރަސްމީ ލިޔުންތަކުގައި ނަމުގެ ކުރިއަށް "ސުލްތާން" ލާފައިވާ ކަމަށް އޭނާ ބުންޏެވެ. މިއީ އޭނާގެ ބައްޕަ ފަރާތުގެ ރަސްމަތިފުށުގެ އާއިލާގެ ސަބަބުން ލިބުނު ނަމެއް ކަމަށް ލަފާކުރެވެ އެވެ.
ސާރާ އަލީ ޚާންއަކީ ޕަތޯޑީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެކެވެ. އޭނާގެ ބައްޕަ ސައިފް އަލީ ޚާންއަކީ ޕަތޯޑީގެ އެންމެ ފަހު ނަވާބް އެވެ.