އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައި ދިނުމުގައި ބޮޑަށް އިސްކަންދޭނީ އެފަދަ މާލީ ތަނަވަސްކަމެއް ނެތް، އެންމެ ބޮޑަށް އެކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމާއި ބައެއް ކައުންސިލަރުންގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ހިދުމަތް ރަސްމީކޮށް ދިނުމަށް ކައުންސިލުން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލީ ދަތިތަކުގެ ސަބަބުން ކައިވެނި ނުކުރެވިފައި ތިބި ޒުވާނުންނަށް މި ފުރުސަތުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. މިކަމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި ބަލާނެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރެވެމުންނެވެ.
މި އާ ހިދުމަތުގެ ސަބަބުން ކައުންސިލަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެ އެވެ. ސަބަބަކީ ކައިވެނި ހަފުލާތައް ބޭއްވުމަށް މާލޭގައި އެންމެ މަގުބޫލު އެއް ތަން ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ މިހާރު ވެސް ކައުންސިލުން ބޮޑު ކުއްޔަކަށް ދޫކުރަމުންދާ ތަނަކަށް ވުމެވެ.
ނަމަވެސް ކައުންސިލުން ނިންމާފައި ވަނީ ވީ އެންމެ އަވަހަކަށް މި ހިދުމަތުގެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމަށެވެ.
އާއްމު ސިއްހަތާ ބެހޭގޮތުން ނިޔަފަތިތައް ބުނެދެނީ ކޮން ވާހަކައެއް؟
ތަރުކާރީއެއްގެ ގޮތުގައި މަޝްހޫރު ބަރަބޯއަކީ އަސްލު މޭވާއެއް!
ވަކި ގައުމެއް އިސްކުރާ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި