ރަމަޟާން މަހާ ދިމާކޮށް އައިސް ޓީވީން މިފަހަރު "ލަމްސް ބޭކަރީ" ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ލަމްސް ބޭކަރީއަކީ ގޭގައި ކޭކު އެޅުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އޮންލައިންކޮށް ފެންނަ ކޮމްޕްލެކްސް ކޭކްސް އެޅުމަށް މަސައްކަތް ކުރާ ޝޯއެކެވެ.

މި ޝޯ ހުށަހަޅައިދެނީ މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދައިފައިވާ ޕްރެޒެންޓަރު އަދި ލަވަކިއުންތެރިޔާ ލަމްހާ ލަތީފް އެވެ.

ޝޯގެ ކޮންމެ އެޕިސޯޑެއްގައި ދެ ސެލެބްރިޓީ ކޮންޓެސްޓަންޓުން ހޮސްޓް ކަނޑައަޅާ ތީމަކަށް ކޭކް ޑެކޮރޭޓް ކުރަން ޖެހެ އެވެ. މީގެ އިތުރުން ކޮންމެ އެޕިސޯޑެއްގައި ކޮންޓެސްޓަންޓުންނަށް އިތުރު ގޭމްތަކާއި ޗެލެންޖުތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ. ގޭމް އަދި ޗެލެންޖުން މޮޅުވާ ކޮންޓެސްޓަންޓަށް ހޮސްޓްގެ އެހީތެރިކަމަށް އެދެވޭނެ އެވެ. ނުވަތަ އިދިކޮޅު ކޮނެޓެސްޓަންޓް ޑިސްޓްރެކްޓް ކުރަން މަސައްކަތް ކުރެވޭނެ އެވެ.

ކޮންމެ އެޕިސޯޑެއްގައި ވެސް މޮޅުވާ ފަރާތް ހޮވޭނީ ކޭކްގެ ޑެކޮރޭޝަންއަށް ބަލާފަ އެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10:00 ގައި އައިސް ޓީވީ އިން މި ޝޯ ގެނެސްދޭނެ އެވެ.

ޝޯގެ ފުރަތަމަ އެޕިސޯޑް އެއާ ކުރާނީ މާދަމާ ރޭ 10:00 ގަ އެވެ. އައިސް ޓީވީން މީގެ ކުރިން ވަނީ "ލަމްސް ކިޗަން"ގެ ނަމުގައި ހާއްސަ ޝޯތަކެއް ގެނެސްދީފަ އެވެ.