ހުމާއި އަރިދަފުހުގެ ރޯގާ އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

"ރާއްޖެޓީވީ" ގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ ވިދާޅުވީ ކުރީ ހަފުތާއާ އަޅާބަލާއިރު މިދިޔަ ހަފުތާގައި ރޯގާ އާއި ވައިރަލް ހުމާއި ބޭރަށް ހިންގުން އަދި ޗިކެން ޕޮކްސް އިތުރު ވެފައިވާ ކަމަށެވެ. އަދި މިއީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއްތަނަކަށް އެއްވާއިރު މިފަދަ އެއްވުންތަކުން ވެސް ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނާ ވިދާޅުވީ ބަލީގެ އަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަށާއި އަދި ގިނަގިނަ އިން އަތްދޮވުމާއެކު މާސްކު އަޅައިގެން އުޅުން ފަދަ އާދަތަކުގައި ހިފަން އެދޭ ކަމަށެވެ. އަދި ކުޑަކުދިންގެ ކަންކަމުގައި އުޅޭއިރު ރޯގާ އާއި ހުމުގެ އަލާމާތް ހުންނަ ނަމަ، އަތްދޮވެ މާސްކު އެޅުމާއި ސެނިޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި އެވެ.