ޒަމާނުއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މީޑިއާނެޓް އިން 2021 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ވަނީ ދިވެހިންނަށް އާ ޚިދުމަތެއް ތަޢާރަފްކޮށްފަ އެވެ. މީޑިއާނެޓްގެ ވީޑިއޯ އޮން ޑިމާންޑް ޚިދުމަތް އެމްއެސް ވީޑިއޯ ކްލަބަށް މިއަހަރު ތިން އަހަރު ފުރުނުއިރު، މި ވަގުތު ރާއްޖޭގެ ސްޓްރީމިން ދާއިރާގައި އެންމެ އުހުގައި އޮތީ ވީޑިއޯ ކްލަބް ޚިދުމަތް ކަމާ މެދު ޝައްކެތް ނެތެވެ.

ވީޑިއޯ ކްލަބުން އެންމެ އުހަށް މި ކުރި ދަތުރަކީ ގިނަގުނަ ހަރުފަތްތަކެއް ކަޑައްތު ކުރުމަށްފަހު ވާސިލްވި މިސްރާބެކެވެ. އެގޮތުން ދުވަހަކުން ދުވަހެއް މި ޚިދުމަތުގައި ހިމެނޭ ކޮންޓެންޓާއި އެޕްލިކޭޝަންގެ ކޮލިޓީވެސް ދިޔައީ ރަނގަޅުވަމުންނެވެ. ޚާއްސަކޮށް ދިވެހި އަމިއްލަ އުފެއްދުންތަކަށް ވީޑިއޯކްލަބުން ދިން އިސްކަމަށް ތަރުހީބު ހައްގެވެ.

އެމް- އޮރިޖިނަލްސް

އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ގިނަ ދިވެހި އަމިއްލަ އުފެއްދުންތަކެއް ވީޑިއޯ ކްލަބުން އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ. އެމް އޮރޖިނަލްގެ ފެށުމަކީ 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަރިޔަމް" އެވެ. "މަރިޔަމް" އިން ދަތުރު ފެށުމަށްފަހު އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާ އުފެއްދުންތައް ދިޔައީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންނެވެ. ދިވެހި އަމިއްލަ ފިލްމުތަކާއި ސީރީޒްތައް އެމް އޮރިޖިނަލްސް ބެނާގެ ދަށުންވަނީ ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ.

އެމް އޮރިޖިނަލްސްގެ ފިލްމުތަކުގެ ތެރޭގައި "މަރިޔަމް" ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެކްޓު ކޮށްފައިވާ ފިލްމު "ހެހެސް" އަދި ދާދި ފަހުން ރިލީޒްކުރި މަގްބޫލު ފިލްމު "ހިނދުކޮޅެއް" ފާހަގަކޮށްލެވެ އެވެ.

އެމް އޮރިޖިނަލްސްގެ ސީރީޒްތަކުގެ ތެރޭގައި ސަސްޕެންސް ހިމެނޭ ދިވެހިންގެ ރަހަތަކާ ގުޅޭ ސީރީޒްތައް ކަމަށްވާ "ދަރަކަ"، "ގަރީނާ" އަދި "ލަފްޒު" ފާހަގަކުރެވެ އެވެ.

ހިންދީ އަދި އިނގިރޭސި ކޮންޓެންޓް

ހިންދީ އަދި އިނގިރޭސި ފިލްމާއި ސީރީޒްއަކީ ދިވެހިންނާއި ރައްޓެހި ދިވެހިން ގަޔާވާ ކަހަލަ ކޮންޓެންޓެވެ. ވީޑިއޯ ކްލަބްގެ ލައިބްރަރީގައި އިނގިރޭސި އަދި ހިންދީ ޚާއްސަ ފިލްމާއި ސީރީޒް ހިމެނިފައިވެ އެވެ. އޭގެ ތެރެއިން ވެސް ޒީ5 އޮރިޖިނަލްސްގެ ކޮންޓެންޓް ފާހަގަކޮށްލެވެ އެވެ. ޒީ5 އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ "ފައިނަލް ކޯލް" އަދި "އަބްހޭ" ފަދަ ސީރީޒްތަކަކީ އިންޑިއާގައި ވެސް ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ސީރީޒް އެވެ. މި ސީރީޒްތައް ވީޑިއޯ ކްލަބް މެދުވެރިކޮށް ބެލޭނެ އެވެ.

އެހެނިހެން ކޮންޓެންޓް

ހިންދީ އަދި އިނގިރޭސި ކޮންޓެންޓްގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ކާޓޫން އަދި އެޑިއުކޭޝަނަލް ކޮންޓެންޓް ވީޑިއޯ ކްލަބުގައި ހިމެނެ އެވެ. އޭގެ ތެރޭގައި "ސްޕޮންޖް ބޮބް ސްކޮޔާ ޕޭންޓްސް" އަދި "ބްލިއްޕީ" ފާހަގަކޮށްލެވެ އެވެ.

ވީޑިއޯކްލަބުގެ މުއްސަނދިކަން މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މިގޮތުން "މެހްމެދް" އަދި "ހާޓް އޮފް ދަ ސިޓީ" ފަދަ ބައިވަރު ޓާކިޝް ކޮންޓެންޓް އަދި "ދަރްމިޔާ" އާއި "އެއިތްރާފް" ފަދަ އުރްދޫ ކޮންޓެންޓް ވެސް ވީޑިއޯ ކްލަބުގައި ހިމެނެ އެވެ.

ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކުރުމަށް ވަރަށް ފަސޭހަ އެވެ. މިގޮތުން އެމްއެސް މީޑިއާނެޓް އެޕްލިކޭޝަން ފޯނަށް ޑައުންލޯޑް ކުރުމަށްފަހު ބޭނުންވާ ސަބްސްކްރިޕްޝަނެއް ނެންގެވުމުން ވީޑިއޯ ކްލަބް ކޮންޓެންޓް ބަލާލެވޭނެ އެވެ. މިގޮތުން މީޑިއާނެޓްގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާޑް ކަސްޓަމަރުންނަށް ސަބްސްކްރިޕްޝަން ބައްލަވައިގަނެވޭނެ އެވެ. ހަމައެހެންމެ ފަސޭހަކަމާއެކު ވައުޗަރެއް ބައްލަވައިގެން ވެސް ކޮންޓެންޓް ބަލާލެވޭނެ އެވެ.