ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރާއި ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ދަރިފުޅު ހަލީމާ އަސްލަމް ވައްތަރު ކަމުން އާއްމުން ހައިރާން ކޮށްލައިފި އެވެ.

އާތިފް އަސްލަމް ވަނީ ދާދިފަހުން އޭނާގެ ދަރިފުޅުގެ މޫނު ސޯޝަލް މީޑިއާއަށް ފުރަތަމަ ފަހަރަށް ދައްކާލާފަ އެވެ. ހަލީމާގެ މޫނު ފެނުމާއެކު ގިނަ ބަޔަކު ފާހަގަކުރީ އޭނާއާއި ރަހާ ވައްތަރު ކަމެވެ.

އެގޮތުން ރަހާއާއި ހަލީމާ ކައިރީގައި ތިބޭނަމަ އެއީ އެއްމާބަނޑު ދެބެއިން ކަމުގައި ގަބޫލު ކުރެވޭ ވަރަށް ވެސް ދެކުދިން ވައްތަރު ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

"ދެ ކުދިންގެ މެދުގައި ހުރި އެއްގޮތްކަން ފާހަގަ ކުރެވޭ މީހަކީ އަހަރެން އެކަނިތަ؟ ހަމަ ހީވަނީ އެއްމާބަނޑު ދެބެން ހެން" ފޭސްބުކްގައި މީހަކު ބުނެފައިވެ އެވެ.

އާތިފްއާއި އޭނާގެ ސަރާއަށް ހަލީމާ ލިބުމުގެ ކުރިން ވެސް އެމީހުންނަކީ ދެ ކުދިންގެ މައިންބަފައިންނެވެ. ރަހާއަކީ ރަންބީރުއާއި އާލިއާގެ އަލަތު ދަރިފުޅެވެ.