ބޮލީވުޑްގެ ކާމިޔާބު ތަރި ޕަރިނީތީ ޗޯޕްރާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް މީޑިއާގައި ފެތުރެމުންދާ ހަބަރުތައް އޭނާ ދޮގުކޮށްފި އެވެ.
ޕަރިނީތީ ބަލިވެ އިން ކަމަށް ބުނެ އަޑުތައް ފެތުރެން ފެށީ އޭނާގެ އެންމެ ފަހުގެ ނެޓްފްލިކްސް ފިލްމުގެ ޕްރިމިއާގައި ގައަށް ދޫ ކަފްތާން ހެދުމެއް ލައިގެން ހުރުމުންނެވެ.
އެއާއެކު އެކަހަލަ ހެދުމެއް ލައިގެން އޭނާ ހުރީ ބަނޑުބޮޑުކަން ފޮރުވަން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝުއޫރު ފާޅު ކުރަމުން ދިޔަ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން ޕަރިނީތީ ވަނީ ގަޔަށް ހިފިފައި ހުރި ހެދުމެއް ލައިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މަޖިލިސް މެމްބަރެއް ކަމަށްވާ ރާގަވް ޗައްދާއާ ޕަރިނީތީ ކައިވެނިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ހަފްލާއެއްގަ އެވެ.

އިންތިހާބާ ދިމާކޮށް އާރުޑީސީއަށް ގިނަ މުވައްޒަފުން ނަގަނީ
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟