މިފަހަރު މިގެނެސްދެނީ ރޯދަ ވީއްލާ ގަޑިއަށާއި ހާރުދަމަށް ތައްޔާރު ކޮށްލަން ރަނގަޅު ބަތުގެ ބާވަތެކެވެ. ރަހަ ވެސް މީރު މި ކެއުމަކީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ސައިސަމްސާ ކުކިން އޮއިލް
  • 3 ބިސް (ގިރާފައި)
  • 3 ޖޯޑު ބަތް (ކައްކާފައި)
  • 1 ޖޯޑު ގެރިމަސް (ފެނުކައްކާފައި ނުވަތަ ރޯސްޓްކޮށް ކިއުބްކޮށް ކޮށާފައި)
  • 3/1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ޖޯޑު ބީންސް (ކޮށާފައި)
  • 1 ސައި ސަމުސާ ސޯޔާ ސޯސް
  • 1 ސައި ސަމުސާ އޮއިސްޓަރ ސޯސް
  • 1 ސައި ސަމްސާ މުގުރި ދިރި
  • 2/1 ސައިސަމްސާ ތެޅިމިރުސް
  • ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައެއް އުދުންމަށްޗަށް އުދާފައި ކުޑަތެޔޮކޮޅެއް އެޅުމަށް ފަހު ގިރާފައި ހުރި ބިސް އަޅާލާފައި ކިރިޔާ ފިހެވޭވަރަށް 30 ސިކުންތު ވަންދެން ފިހެލާށެވެ.
  2. ބިސްގަނޑުގެ ތިރީފުށް ފިހެވުމުން ކައްކާފައި ހުރި ބަތްކޮޅު އަޅާލުމަށް ފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާ މާބޮޑަށް ހޫނުވެ ދުން އަރާނަމަ އުނދުނުގެ ގިނި މަޑު ކޮށްލާށެވެ.
  3. ދެން ގެރިމަސްކޮޅާއި އޮއިސްޓަރ ސޯސް އާއި ސޯޔާ ސޯސް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން ދިރިކޮޅާއި ތެޅިމިރުސްކޮޅާއި ލޮނުކޮޅު އެޅުމަށް ފަހު އެއްކޮށްލައްވާށެވެ.
  4. ރަނގަޅަށް އެއްވުމުން ފިޔާކޮޅާއި ބީންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން އުދުން ނިއްވާލުމަށް ފަހު 2 މިނެޓް ވަރު ނުހަލާ ބަހައްޓާށެވެ.