ކާމިޔާބު ގިނަ ބޮލީވުޑް ފިލްމުތަކަކުން ފެނިފައިވާ ކުޅަދާނަ އެކްޓަރު ރާޖް ކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ އާއްމުން އެކަން ފާހަގަ ކޮށްފި އެވެ.

ރާޖްކުމާރުގެ މޫނު ތަފާތުކަން އާއްމުންގެ ސަމާލުކަން ހޯދީ ދާދި ފަހުން ބޭއްވި ބޮލީވުޑް އިވެންޓެއްގައި އޭނާ ބައިވެރިވެ ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމުންނެވެ.

އެ ފޮޓޯތަކުގައި އޭނާގެ ދަތްދޮޅިއާއި ކޯތާފަތުން ތަފާތުކަމެއް ފާހަގަވާން ހުރިއިރު ގިނަ މީހުން ބުނަނީ އޭނާ "ޗިން އިމްޕްލާންޓް"އެއް ހަދާފައިވާ ކަމަށެވެ.

އެކަން ފާހަގަކޮށް ގިނަ ބަޔަކު ރާޖް ކުމާރަށް އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާގެ ބުރުސޫރައަށް މަލާމާތް ކުރަމުން ވެސް އެބަދެ އެވެ.

"ސްޓްރީ"އާއި "ބަރޭލީ ކީ ބަރްފީ" ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ރާޖްކުމާރް ދެން އެންމެ އަވަހަށް ފެންނާނީ "މިސްޓަ އެންޑް މިސިސް މާހީ"އިންނެވެ.