ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކުރުމަށް ނިންމައިފި އެވެ.
ރިޔާޒުގެ ކެމްޕޭން ޓީމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ އާއި ޓީމް އޭނާ އަށް ތާއީދުކޮށް އެންޑޯސްކޮށްފައިވާ ކަމަށެވެ.
ޒިލްމާ ރިޔާޒަށް ތާއީދު ކުރުމަށް ނިންމެވީ ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަހުމަދު ރިޔާޒަކީ ތިމަރަފުށި ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ.
ތިމަރަފުށި ދާއިރާއަށް ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންތޯ) އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާޒަށް ތާއީދުކުރައްވައިފަ އެވެ. އަދި ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރިޔާޒުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.
ނޫސްވެރިން ޖަލަށްލީ ފާޑުކިޔުންތައް ހުއްޓުވަން: އެމްޑީޕީ
ދުޅަހެޔޮ ސިއްހަތަކަށް "ވަރުގަދަ" ކަސްރަތުތައް މުހިއްމު!
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި