ތެލް އަވީވް (އެޕްރީލް 14) - އީރާނުން އިޒްރޭލަށް ރޭ ދިން ވައިގެ ހަމަލާތަކުގައި 360 އަށް ވުރެ ގިނަ މިސައިލް އާއި ޑްރޯން ފޮނުވާލި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އިޒްރޭލި ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އީރާނުގެ އިތުރުން އިރާގާއި ޔަމަނުން ވެސް މިސައިލް ހަމަލާތައް ފޮނުވާލި ކަމަށެވެ. އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ވަނީ ތަފާތު 360 ބާވަތެއްގެ ގޮވާތަކެތި ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި 170 ޑްރޯނާއި 30 ކްރޫޒް މިސައިލާއި 120 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ހިމެނެ އެވެ.

އިޒްރޭލުން ބުނީ ކްރޫޒް މިސައިލް އާއި ޔޫއޭވީތައް އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ގޮއްވާލާފައިވާ ކަމަށެވެ.