ފިރިހެނުންނާއި އަންހެނުންނަކީ ދުވަހަކުވެސް ހަމަހަމަ ވާނެ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް، ނޯރާ ފަތޭހީ ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުނީ މިހާރު އެންމެން ކިޔާ "ފެމިނިޒަމް"އަކީ އޭނާގެ ސިކުނޑިއަށް ނަގައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އަންހެނުންގެ ހައްގުތަކާއި މިނިވަން ކަމަށް ދެކޮޅު ނުހަދާ ކަމަށް ބުނަމުން ނޯރާ އިތުރަށް ބުނީ އަންހެނުންނަކީ ގެވެހި މަސައްކަތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑަށް ހިއްސާވާން ޖެހޭނެ މީހުން ކަމަށެވެ.

ހަމައެއާއެކު މިހާރު މީހުން ގަބޫލުކުރާ "ފެމިނިޒަމް"ގެ ސަބަބުން މުޖުތަމައު އޮޅުން ބޮޅުން ވެފައިވާ ކަމަށާއި ވަކިވަކި ފަރުދުންނަށް އެމީހުންގެ ޒިންމާތައް އޮޅޭ ހިސާބަށް ގޮސްފި ކަމަށެވެ.

ނޯރާގެ މި ވާހަކަތަކަށް އާއްްމުންގެ ތައުރީފާއި ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެގޮތުން އެކަމާ ބެހޭ ގޮތުން ގިނަ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

ބޮލީވުޑްގެ ގިނަ އައިޓަމް ލަވަތަކުން ފާހަގަވި ނޯރާއަކީ ކަންކަމުގައި އޭނާގެ ހިޔާލުތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރާ ތަރި އެކެވެ.