ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ އާއްމު ގޮތެއްގައި މީޑިއާއާ ރައްޓެހި ހިތްހެޔޮ ތަރިންތަކެއްގެ ގޮތުގައި ފާހަގަވެފައިވާ ދެ ތަރިންނެވެ.

އެގޮތުން އެ ދެމީހުންގެ ހިތްހެޔޮކަން މިފަހަރު ހާމަވެގެން ދިޔައީ އެމީހުންގެ ގޭގައި އެހީތެރިޔެއްގެ ގޮތުގައި އުޅޭ ފަރާތަށް އެ ދެމީހުން ކޮށްދިން ކަމަކުންނެވެ.

ރަންބީރާއި އާލިއާ ވަނީ އެ ފަރާތުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެކަން ފާހަގަކޮށް ކޭކު ފަޅައި އޭނާއާއެކު ފޮޓޯ ވެސް ނަގާފަ އެވެ. އެ ފޮޓޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެއާއެކު ގިނަ ބަޔަކު ފާހަގަ ކުރަމުން އަންނަނީ އެންމެ އާދައިގެ މީހާއަށް ވެސް އެ ދެ ތަރިން ކުރާ އިހުތިރާމާއި ގަދަރެވެ. އެގޮތުން ގޭގައި ގެންގުޅޭ އެހީތެރިޔާއަށް އެފަދަ ކަމެއް ކޮށްދިނުމަކީ ހިތްތިރިކަމުގެ މިސާލެއް ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ވެސް އާލިއާގެ ފަރާތުން މި ހިތްހެޔޮކަން ވަނީ ފެނިފަ އެވެ. އެގޮތުން އޭނާގެ ޑްރައިވަރުގެ އަމިއްލަ ކަމަކަށް 50 ލައްކަ އިންޑިއާ ރުޕީސް ވެސް އޭނާ ދީފައިވެ އެވެ.