ބިގް ބޮސްގެ 14 ވަނަ ސީޒަނުން ފެނިގެންދިޔަ، އަދި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ސޮނާލީ ޕޯގަޓްގެ ގެއިން ވައްކަންކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ހަރިޔާނާގެ ހިސާރްގައި ހުންނަ ސޮނާލީގެ ގެއިން ވައްކަންކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެ ގެއިން ވަގަށް ނެގި ބައެއް ތަކެތީގެ ތެރޭގައި ފައިސާ އައި ރަނާއި ރިހީގެ އިތުރުން ލައިސަންސް އޮންނަ ބަޑިއެއް ވެސް ހިމެނެ އެވެ.

ފުލުހުންނަށް ދިން ބަޔާނުގައި ސޮނާލީ ބުނީ އޭނާ ޗަންދީގަރްއަށް ދިއުމަށް ގެއިން ނުކުމެ ތަޅުލި ކަމަށާއި އެހެން ނަމަވެސް އެނާ އެނބުރި އައި އިރު ތަޅު ހުރީ ހަލާކުކޮށްލާފައި ކަމަށާއި އޭނާގެ އަގުހުރި އެތައް މުދަލެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޭޝްކޮށް އޮތް 10 ލައްކަ ރުޕީސް، ރަނާއި ރިހިން ހަދަފައިވާ ހިފާގެންގުޅޭ ސާމާނު އަދި 22 މިލިމީޓަރުގެ ބަޑިއަކާއި އޭގެ އަށް ކާޓްރިޖް ވެސް ހިމެނެ އެވެ.

ވަގުން އެ ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވެ އެވެ. ނަމަވެސް ވަގުން ދިޔައީ އެ ޑިޖިޓަލް ވީޑީއޯ ރިކޯޑަރު ވެސް ހިފައިގެންނެވެ.

އިންޑިއާގެ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.