ބޮލީވުޑް ތަރި އައިޝްވަރްޔާ ރާއީ ކެންސް ފިލްމް ފެސްޓިވަލްއަށް ލީ ހެދުންތައް ބެލުންތެރިންނަށް ހަޑިވެއްޖެ އެވެ. އައިޝްވަރްޔާއަކީ ކޮންމެ އަހަރަކު ވެސް މި ފެސްޓިވަލްގައި ބައިވެރިވާ ތަރިއެކެވެ. އާންމުކޮށް އޭނާ މި އިވެންޓުތަކުގައި ލާ ހެދުންތައް ބެލުންތެރިންނަށް ވަރަށް ކަމުދާނެއެވެ.
މި ހެދުންތައް ކަމުނުކޮސްގެން ސޯޝަލް މީޑިއާގައި މީހުން ވަނީ ވަރަށް ފާޑުކިޔާފައެވެ. އަދި އޭނާގެ ސްޓައިލިިޓްއަކީ ކާކުތޯ ސުވާލުކޮށް އޭނާ ލަނޑުދެނީތޯ ވަނީ ސަމާސާކޮށް ކޮމެންޓްކޮށްފަ އެވެ.
ކެންސް ފިލްމް ފެސްޓިވަލްއަކީ ކޮންމެ އަހަރަކު ފްރާންސްގެ ކެންސްގައި ބާއްވާ އިވެންޓެކެވެ. މި ފެސްޓިވަލްގައި ދުނިޔޭގެ ކަންކޮޅުތަކުން އެކި ޖަންރާގެ ފިލްމް ސިނަމާގައި ދައްކާނެ އެވެ. މި އިވެންޓްގައި ގިނަ ތަރިން ބައިވެރިވެ އެވެ.
ކާޖަލް އާއި ދަރިފުޅު ނީސާގެ މެދުގައި 3 އަހަރުގެ ދެބަސްވުން
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި