ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ވަރިވާން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
އޭނާ މިކަން ދޮގުކޮށްފައިވަނީ އޭނާގެ އާ ނެޓްފްލިކްސް ފިލްމު "އެޓްލަސް" ޕްރޮމޯޓްކުރުމަށް ދިން އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި އެ ބެން އާ ވަރިވަނީތޯ ސުވާލުކުރުމުން އޭނާ ވަނީ ހިނިގަނޑެއް ޖަހާލާފައި އެކަން ދޮގުކޮށްފަ އެވެ.
ފަހަކަށް އައިސް މި ދެމަފިރިން ވަރިވާންއުޅޭ ވާހަކައިގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެއީ ގިނަ އިވެންޓްތަކަށް ޖެނިފާ އެކަނި ދާތީ އެވެ. ނަމަވެސް ޖެނިފާ ވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖިމީ ކިމެލް ލައިވް ޝޯގައި ވެސް ބެންގެ ވާހަކަ ދައްކާފަ އެވެ.
ޖެނިފާ އާއި ބެން ކައިވެނި ކޮށްފައި ވަނީ 2022 ގަ އެވެ. މިއީ އޭނާގެ ހަތަރުވަނަ ކައިވެންޏެވެ. އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނީ ލަވަ ކިޔުންތެރިޔާ މާކް އެންތަނީ އާ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
"ޖޭމްސް ބޮންޑް"ގެ ރޭހަށް ޖޯޖް ކްލޫނީގެ ހޮވުމަކީ މިއީ!
ދުނިޔޭގެ އިގްތިސޯދު ވަރަށް ބޮޑަށް ދަށްވާނެ ކަމުގެ އިންޒާރު