ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އެންމެ ބޮޑު އަދަދެވެ.
އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފަ އެވެ.
އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރުމުން، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.
މިދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރަށްވާއިރު މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު 2.07 ބިލިއަން ރުފިޔާ ވަނީ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ.
މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ.
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!
އީރާނުން ދުވަހަކު ވެސް ފިއްތުންތަަކަށް ބޯނުލަނބާނެ: އަރަގްޗީ
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 26 ބާވަތް ނުލިބޭ!
