މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ސައޫދީ އަރަބިއާއިން "ސެލްފް ޑްރައިވިން ޓެކްސީ" ނުވަތަ ޑްރައިވަރަކާ ނުލައި ދަތުރުކުރާ ޓެކްސީ ތައާރަފުކޮށްފި އެވެ.

ހައްޖުގެ އަޅުކަމުގައި ގެނެވޭ އިންގިލާބީ ބަދަލެއްގެ ގޮތުގައި މި ހިދުމަތް ތައާރަފް ކުރެވިފައިވާއިރު މިއީ އެއްކޮށް އޮޓޯމޭޓަޑް އުދުހޭ ޓެކްސީ ތަކެކެވެ.

މި ހިދުމަތުގެ ސަބަބުން ހާޖީންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސައޫދީ އަރަބިއާގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

އެގޮތުން މިއީ ސިއްހީ ކުއްލި ހާލަތްތަކުގައާއި ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށާއި މުދާ އުފުލުމުގައި ވެސް ބޭނުން ކުރެވޭނެ އުޅަނދުތަކެއް ކަމަށް ހަބަރުތައް ބުނެ އެވެ

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާއިރު ސައޫދީ އަރަބިއާއިން ވަނީ ހައްޖު މޫސުމަށް ގިނަ ތައްޔާރީތަކެއް ވެފަ އެވެ.