1. ރައު ކުރާ ވޯކް އަކީ ކޮބާ ކަން ކިޔާދެވިދާނެތަ؟
ޖަވާބު: އޮފިޝަލީ ވޯކްކުރަނީ އޮޑިޓަ ޖެނެރަލް އޮފީހުގައި. ދެން އެބަ ވޯކް ކުރަން އަމިއްލަ ބިޒްނަސްތަކެއްގައި ވެސް. އެހެން ބްރޭންޑްތަކާއި އެއްކޮށް ކޮލާބޮރޭޝަން މަސައްކަތް ވެސް ކުރުން.
2. ކެމްބޯޑިއާއަށް މި އަހަރު ދަތުރުކުރިން ދޯ. ކޮބާ އެކްސްޕީރިއަންސް އަކީ؟
ޖަވާބު: ކެމްބޯޑިއާއަށް ކުރެވުނު ދަތުރަކީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް. އިޓް ގޭވް މީ އަ ޗާންސް ޓު ރިފްލެކްޓް އޮން ލައިފް އަދި ބީ ތޭންކްފުލް ފޯ ވަޓް އައި ހޭވް. އެ ތަނަކީ ވަރަށް މުއްސަނދި ތާރީހާ ސަގާފަތެއް އޮންނަ ގައުމެއް. ހާއްސަކޮސް އެންގްކޯ ވަޓް ޓެމްޕަލްސްތަކަށް ކުރި ޒިޔާރަތްތައް ވަރަށް ހައިލައިޓިން. އެ ގައުމުގެ ރައްޔިތުން ވެސް ވަރަށް ހިތްހެޔޮ.
3. ބަކެޓް ލިސްޓްގައިން ގައުމެއް ބުނެބަ އަދި އެއީ ކީއްވެތޯ؟
ޖަވާބު: ނިއު ޒިލެންޑް. ދެޓްސް މައި ޑްރީމް ޑެސްޓިނޭޝަން. އޭޒް އެން އެޑްވެންޗާ އެންތުސިއަސްޓް، ބަންގީ ޖަންޕިންގް އަދި ސްކައި ޑައިވިންގް ކަހަކަ ކަންކަން ރީތި ސީނެރީ ތަކުގަ ކޮށްލާ ހިތްވޭ. ސްޕެޝަލީ ނިއު ޒިލެންޑްގެ ގްރީނެރީ ސީންސް ވަރަށް އެޕީލިން. އަދި އެ ގައުމުގެ ރައްޔިތުންނަކީ ވަރަށް މޮޑާން ތިންކިންއެއް ގެންގުޅޭ އޯޕަން މައިންޑެޑް ބައެއް. ފޯވަޑް ތިންކިން ސޮސައިޓީއެއް އޮވޭ. ސިޔާސީ މާހައުލު ވެސް ސްޓޭބަލް ގައުމަކަށްވެފައި އޮންނާތީ ވަރަށް ފެސިނޭޓް ވޭ.
4. ވަރަށް މޫދާ ރައްޓެހިކަން ފާހަގަވޭ. މޫދު އެކްސްޕީރިއަންސް ތެރެއިން ދުވަހަކުގެ ހަނދާން ނުނެތޭނެ ވަރުގެ އެކްސްޕީރިއަންސެއް އެބައިންތަ؟
ޖަވާބު: މޫދުގައި ހުންނާނެ ވަރަށް ތަފާތު އެކްސްޕީރިއަންސްތައް ކުރެވިފައި. ވަރަށް އުފާވެރި މެޖިކަލް މޮމެންޓެއް އެއީ، 3 ވޭލްޝާކްއާ އެއްކޮށް ފަތާލެވުނު ދުވަސް. އަދި ވަރަށް ހަނދާން ނުނެތޭނެ ދުވަހެއް އެއީ، ޖެޓްސްކީގައި އުޅެނިކޮށް ވަރަށް ވިއްސާރަވެގެން ޖެޓްސްކީގެ ބައެއް ހަލާކުވި ދުވަސް. އެ ދުވަހު އަނބުރާ އަންނާނެ ގޮތެއް ނުވެގެން ވަރަށް ގިނަ އިރު މޫދުގައި އޮންނަން ޖެހުނު.
5. ފުޓްބޯޅަ ކުޅެން އިންޓްރެސްޓް އައި ކިހިނެތް؟
ޖަވާބު: އަޅުގަނޑު އުފަންވީ ބ. އޭދަފުށީގައި، އުޅެ ބޮޑުވީ ވެސް ރަށުގައި. ފުޓްބޯޅައަކީ ރަށުގައި އެންމެ ފޯރިއާއެކު ކުޅޭ ކުޅިވަރު. ކުޑައިރުއްސުރެ އަބަދު ފުޓްބޯޅަ މެޗުތައް ބަލަން ގޮސް އުޅެމުން ހިތް ޖެހުނީ. ގޭ ދޮށުގައި ވެސް ވަރަށް ކުޅުނިން. ފްރެންޑްސް އާ އެއްކޮށް ޖަސްޓް ފޯ ފަން. ދެން ފަހުން އިންޑިއާއަށް ކިޔަވަން ގޮސް އުޅުނު އިރު ޔުނިވާސިޓީ ޓީމާ އެއްކޮށް ޕްރޮފެޝަނަލީ ޓްރެއިންވީމަ އިތުރަށް ކުޅޭ ހިތްވީ.
6. އިންސްޓަގްރާމް ފޮޓޯތައް ވަރަށް ރީތި. ކާކު ނަގާ ދެނީ؟
ޖަވާބު: އެއިރަކު ހުރި ފްރެންޑެއް. ނޫނީ ކައިރިންދާ މީހެއް ކައިރި އަހާލަނީ ސެޓްއަޕް ހަަދާ އެންގަލް ކޮށްފައި، ފޮޓޯއެއް ނަގާ ދެވިދާނެތޯ. އެކަކުވެސް ނޯ އެއް ނުބުނޭ އަދި. ހަހަ.
7. "އައި މޭޑް" އަކީ ރައުގެ ވިޔަފާރިއެއްތަ؟
ޖަވާބު: "އައި މޭޑް" އަކީ އަސްލު ބްރޭންޑެއް. ފެމެލީ އާ އެއްކޮށް ކުރިއަށް ގެންދާ ބިޒްނަސްއެއް. އައި މޭޑްގެ ދަށުން މިހާރު އިންނާނެ ދެ ބިޒްނަސް އެއް. އެއީ އައި ޑިޖިޓަލް މާކެޓިން އޭޖެންސީއާއި އައި މޭޑް ހޯމް. މާކެޓިން އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ރީޓެއިނާ ބޭސިސްކޮށް ސޯޝަލް މީޑިއާ އެހެން ބްރޭންޑްސް އަދި ބިޒްނަސްތައް މެނޭޖްކޮށް ދިނުން. އައި މޭޑް ހޯމް އަކީ ހޯމް ޑެކޯއަށް ހާއްސަކޮށްގެން މޮޑާން އިންޓީރިއާ ޕްރޮޑަކްޓްސް ވިއްކާ ބިޒްނަސްއެއް. އުއްމީދަކީ ކުރިއަށް އޮތްތާ އައި މޭޑްގެ ދަށުން އިތުރު ބިޒްނަސްތަކެއް ތައާރަފް ކުރުން.
8. އިންސްޓަގްރާމް ބައޯގަ އިން "ކާމް އިން ކްރިއޭޓިވިޓީ" އަކީ ރައުގެ އާޓްވޯކްތަ؟
ޖަވާބު: ލައްބަ. އެއީ ހުސް ވަގުތު ހޮބީ އެއްގޮތަށް ކުރާ ކަމެއް. މީގެ ބައެއް އާޓްވޯކްސް މި ވަގުތު ވެސް ހުންނާނެ އޮތެންޓިކް މޯލްޑިވްސް އިން ގަންނަން ލިބެން.
9. ރައު ވަރަށް އިންްސްޕަޔާ ވާ މީހަކު ހުރޭތަ؟
ޖަވާބު: ރިޗާޑް ބްރޭންސަން އިންސްޕަޔާސް މީ. އޭނަގެ އޮންޓްރަޕްރަނަލް ސްޕިރިޓް އާއި އިނޮވޭޓިވް އެޕްރޯޗް ވަރަށް ކަމުދޭ. އަދި ކަރިސްމަޓިކް ޕާސަނަލަޓީއެއް ގެންގުޅެ، ތިމާވެށީގެ ކަންކަމަށް އޮންނަ ކޮމިޓްމެންޓް ވަރަށް ބަލައިގަނެވޭ.
10. ރައު ރިކޮމެންޑް ކުރާނެ ލޯކަލް އައިލެންޑެއް އެބައިންތަ؟
ޖަވާބު: ފުވައްމުލައް. އެ ރަށަކީ ވަރަށް ބައިވަރު ތަފާތު ތަޖުރިބާތަކެއް ކޮށްލަން ލިބޭ ރަށެއް. ޓައިގާ ޝާކްސްތަކާއި އެއްކޮށް ޑައިވްކޮށްލާ އެ ރަށުގެ ރީތި ތުނޑިއަށް ގޮސްލާ ފޮޓޯ ނަގާލަން ވެސް ތަންތަން ހުރޭ. ލޯކަލް ޓޫރިޒަމް ވެސް ވަރަށް ސަޅިކޮށް ޖައްސާ ރަށެއް އެއީ. އަދި ފާހަގަކޮށްލަން އެރަށު މީހުންގެ ހިތްހެޔޮކަން.