ފިލްމީ ދާއިރާ ދޫކުރެވުނީތީ އެއްވެސް ގޮތަކަށް ހިތާމަ ނުކުރާ ކަމަށް ބޮލީވުޑްގެ ކުރީގެ ކާމިޔާބު ތަރި ކަރިޝްމާ ކަޕޫރު ބުނެފި އެވެ.

ފިލްމު މެގަޒިން "ގްރޭޒިއާ"އަށް ދިން އިންޓަވިއުއެއްގައި ކަރިޝްމާ ބުނީ އޭނާގެ ކުދި ދަރިން ތިބި ކަމަށާއި މައެއްގެ ގޮތުގައި އެކުދިންނަށް ވަގުތު ދިނުން ވަރަށް މުހިއްމުވި ކަމަށެވެ.

"ދަރިން ބޮޑު ކުރުމުގައި އެއްވެސް ކަމެއް އަހަންނަށް ގެއްލޭކަށް ބޭނުމެއް ނުވި. އެ ކުދިންގެ ޅަ އުމުރު އެކުގައި ހޭދަ ކުރެވުނީތީ އުފާ ކުރަން" ކަރިޝްމާ ބުންޏެވެ.

އޭނާގެ ނިންމުމާމެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށާއި އެއްވެސް ކަމެއް ބަދަލު ކުރަން ވެސް ބޭނުން ނުވާ ކަމަށް ކަރިޝްމާ އިތުރަށް ބުންޏެވެ.

ފިލްމު ސްކްރީންތަކާ ދުރަށް ދިޔަ ނަމަވެސް ކަރިޝްމާ އަބަދުވެސް އިޝްތިހާރު ތަކުންނާއި ކެމިއޯ ރޯލުތަކުން ފެނެ އެވެ.

ކަރިޝްމާ ފިލްމުތަކުން އެއްފަރާތްވި ނަމަވެސް އޭނާގެ ކޮއްކޮ ކަރީނާ ކަޕޫރު އަދިވެސް އަންނަނީ ބޮލީވުޑް ފިލްމުތަކުގެ ލީޑު ރޯލުތަކުން ފެންނަމުންނެވެ.