ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު އަނުޕަމްގެ މުމްބާއީ އޮފީހުން ވައްކަން ކޮށްގެން އެ މައްސަލަ ރިޕޯޓު ކޮށްފި އެވެ.
ބުރާސްފަތި ދުވަހު އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އަނުޕަމް ބުނެފައިވަނީ މުމްބާއީގެ ވީރާ ދެސައިގައި ހުންނަ އޭނާގެ އޮފީހަށް ވަގުންތަކެއް ވަދެ އަގުބޮޑު އެއްޗެހިތަކެއް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ގިނަ އަދަދަކަށް ފައިސާހުރި ތިޖޫރީއަކާއި އޭނާގެ ކުންފުނިން އުފައްދާފައިވާ އަދި ރިލީޒް ނުކުރާ ފިލްމެއްގެ ނެގެޓިވް ވެސް ވަގަށް ނަގާފައިވާ ކަމަށް އަނުޕަމް ބުންޏެވެ.
މި މައްސަލައިގެ ރިޕޯޓު މިހާރު މުމްބާއީގެ ފުލުހަށް ހުށައެޅިފައިވާއިރު މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެ އޮފީހުގައި ހުރި ސީސީޓީވީއަށް ވަގުންގެ މަންޒަރާއި ހަރަކާތްތައް އަރާފައިވާތީ އެ މީހުން އަތުލައިގަންނަން ފަސޭހަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
ޑޮލަރުގެ ތާށިކަން ހައްލުނުވާތީ ސުވާލު އުފައްދަވައިފި
12،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ