1. އިއުފާ ކުރާ ވޯކް ކުޑަކޮށް ކިޔާދެވިދާނެތަ؟
ޖަވާބު: އަޅުގަނޑަކީ ޕާސަނަލް ޓްރެއިނަރެއް. މި ވަގުތު މަސައްކަތް ކުރަނީ ސީނިއާ އަދި ގްރޫޕް ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި. ހުރިހާ އުމުރުފުރައެއްގެ މީހުން އަދި އެތްލީޓުުން ވެސް ޓްރެއިން ކޮށްދެން.
2. އެންމެ ރިކޮމެންޑް ކުރާ ޖިމް ވެއާ އަކީ ކޮބާ؟
ޖަވާބު: ޖިމްވެއާ ބްރޭންޑްގެ ވާހަކަ ދައްކާނަމަ، އަންހެނުންނަށް އެންމެ ރިކޮމެންޑް ކުރާނީ އޮނާ އެކްޓިވް. އެ ބްރޭންޑްއަކީ ޕީއާރް ޕެކޭޖެއް އަޅުގަނޑަށް ފޮނުވި ބްރޭންޑެއް. އަޅުގަނޑަށް ވަރަށް ކަމުދޭ އެ ބްރޭންޑް. އެކަމަކު އެންޑް އޮފް ދަ ޑޭ، ހަމަ ބުނާނީ ގަޔަށް ފަސޭހަ ކޮންމެ އެއްޗެއްވެސް ލައިގެން ކަސްރަތުކުރުމޭ އެންމެ ރަނގަޅީ.
3. ޑައެޓް ކަލްޗާގެ ތެރެއިން އެންމެ ގޯސް ޑައެޓްއަކީ ކޮން ޑައެޓްއެއް؟
ޖަވާބު: ޑައިޓް ކަލްޗާގެ ސަބަބުން މިހާރު ކްރިއޭޓްވެފައި އިންނަ އިމޭޖްއެއް އެއީ ހިކިކޮށް ހުރުމޭ އެއީ އައިޑަލް ބޮޑީ ޓައިޕްއަކީ. މި ކަމަކީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ބޮޑީ އިމޭޖްއަށް އަސަރުކުރާ ކަމެއް އަދި މީގެ ސަަބަބުން އީޓީންގް ޑިސްއޯޑާސް ވެސް އުފެދޭ. މިވާހަކަ އަސްލު ވަރަށް ނުދައްކާ. ޑައެޓްކުރުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫން، ކެއުން ރަނގަޅު ކުުރުމަށް. މީގައި ގޯސްކަމަކީ މި ކަމުގައި އެކްސްޓްރީމް ލެންތްސް އަށް ދިޔުން. މިސާލަކަށް ކޮންމެ އެއްޗެއްގެ ލޭބަލް ބަލާފައި ކެލޮރީސް ހުންނަ މިންވަރު ބެލުން. ކާ ކޮންމެ ފަހަރަކު ކެލޮޮރީސް ގުނުން. ބޮޑީބިލްޑިން ފަދަ ކުޅިވަރަކަށް ނޫންނަމަ މީ ގޯހެއް.
ވަރަށް ގިނަ މީހުން ހީކުރޭ ކާބްސް އަކީ ގޯސް އެއްޗެއްކަމަށް އަދި އެވޮއިޑް ކުރަން ޖެހޭ އެއްޗެއް ކަމަށް. އެކަމަކު އެއީ ވަރަށް މުހިއްމު އެއްޗެއް ޕްރޮޓީންް އާއި އެހެނިހެން ނިއުޓްރިއަންޓްސްއާ އެއްވަރަށް.
4. ފިޓްނަސް ދާއިރާގައި އުޅޭތާ ކިހާ ދުވަހެއްވެއްޖެ؟
ޖަވާބު: އެހާ ދުވަހެއް ނުވޭ. ހަތަރު އަހަރު މިވަނީ.
5. އަލަށް ސްރެންްތް ޓްރެއިނިން ފައްޓާ ކުއްޖަކަށް ދޭނެ އެޑްވައިސް އަކީ ކޮބާ؟
ޖަވާބު: އާ ކްލައެންޓެއް ގާތު ކޮބާހޭ ގޯލްސް އަކީ އެހީމަ ވަރަށް ގިނަ އިން ބުނާނެ ބޭނުމީ ސްރެންތް ޓްރެއިން ކުރަންށޭ. އެކަމަކު ބަލްކީ އަދި ބިގް ވާކަށް ބޭނުމެއް ނޫނޭ. ވަރަށް ގިނަ އަންހެން ކްލައެންޓުން ބުނާނެ ފިރިހެންކޮށް ނުވަތަ މަސްކިއުލާކޮށް ހުންނާކަށް ބޭނުމެއް ނޫނޭ. ޓޯން ވާންށޭ ބޭނުމީ. މިހެން ބުނީމާ ކިޔާދެން، ސްރެންތް އަންނާނީ ބަރުކޮށް އުފުލީމައޭ. ޓޯން ލުކް އަކީ މަސްލް ބިލްޑްކުރީމަ ވާ އެއްޗެއްކަން. އަދި ފެޓް ލޫސް ވީމަ ވާ އެއްޗެއްކަން. މި ކަމުގައި 20 ޕަސެންޓަކީ ޖިމްގައި ކުރާ ކަމެއް. ބާކީ 80 ޕަސެންޓަކީ ކެއުން. ހަށިގަނޑަށް ފިއުލްކުރާ ގޮތަކުން ރިކަވާވާނީ. މި ކަންކަމަކީ އޯވާ ނައިޓްވާ ކަން ކަމެއް ނޫން. އަޅުގަނޑަކީ ވެސް ވަރަށް ހިކިކޮށް ވީކް ކޮށް ހުރި މީހެއް. އަހަރުތެކެއް ނެގި މި ހިސާބަށް ދާން.
6. ޕްރޮޓީން ޕައުޑަ ފަދަ އެޑިޝަނަލް ސަޕްލިމެންޓްސް އަކީ ކޮންމެހެން ބޭނުންކުރަން ޖެހޭ އެއްޗެއްތަ؟
ޖަވާބު: އޭގައި އޮންނާނީ އެމީހެއްގެ ބޮޑީ ގޯލްސް. އެެއާ އެއްވަރަށް ކާއެއްޗެހިން ލިބޭނަމަ، ސަޕްލިމެންޓް ނަގާކަށް ނުޖެހޭނެ. އެކަމަކު ލައިޕްސްޓައިލް އަދި މަސައްކަތް ހުންނަ ގޮތުން އެގޮތަށް ކާން އުނދަގޫނަމަ، ސަޕްލިމެންޓެއް ނެގިދާނެ. އަބަދުވެސް ސަޕްލިމެންޓެއް ނެގުމުގެ ކުރިން އަމިއްލައަށް ރީސާޗްކުރަންވާނެ.
7. އެންމެ ރަނގަޅު ކާޑިއޯއަކީ ކޮބާ؟
ޖަވާބު: ކާޑިއޯ އަކީ ހިތުގެ ސިއްހަތާއި ގުޅިފައިވާ ކަމެއް. މިއީ ބޮޑީ ސްރެންތެނިން ހާ މުހިއްމު ކަމެެއް. އެމެރިކަން ހާޓް އެސޯސިއޭޝަން އިން ރިކޮމެންޑް ކުރަނީ ހަފްތާއަކު މަދުވެގެން 150 މިނެޓުގެ މޮޑަރޭޓް އިންޓެންސިޓީ ކާޑިއޯ ހެދުމަށް. އަލަށް ފައްޓާ މީހަކު ރަނގަޅުވާނެ 30 މިނެޓް ހިނގާލިއަސް. ކޮންމެހެން ޓްރެޑްމިލްގައި ހިނގާކަށް ނުޖެހޭ. ޕާކް ނުވަތަ ޓްރެކްގަ ވެސް އޯކޭ. ކާޑިއޯއަކީ ހިނގުމާއި ދުވުން އެކަންޏެއް ނޫން. ޒުންބާ ވެސް، ފެތުންވެސް ނުވަތަ ބައިސްކަލު ދުއްވުން ވެސް އެއީ ހަމަ ކާޑިއޯ. ލޭ ދައުރުވުން ރަނގަޅުވެ އޮކްސިޖަން ފްލޯ ވަންޏާ ނިމުނީ.
8. ހޭންޑްބޯލް ކުޅެނީ ޕްރޮފެޝަނަލްކޮށްތަ؟
ޖަވާބު: ރެޑްހޯކްސް ކިޔާ ކްލަބަކަށް ކުޅޭތާ 10 އަހަރުވެެއްޖެ. ކުރިން ނެޝަނަލް ޓީމުގައި ކުޅުމަށް ފުރުސަތު ލިބުން އެކަމަކު މަސައްކަތަށް އިސްކަން ދޭ ބޭނުންވީ. ފަހުން ސިލެކްޓްވި ފަހަރު މުބާރާތުގައި ކަކުލަށް އަނިޔާވެގެން ސާޖަރީ ހަދަން ޖެހުނު. މިހާރު މި އުޅެނީ ރިކަވަރީ އަދި ރީހެބްގައި. އަދި އަލުން ޙޭންޑްބޯލް ކުޅެން ބޭނުން.
9. އެންމެ ކަމުދިޔަ ލޯކަލް ޓްރެވަލް ޑެސްޓިނޭޝަންއަކީ ކޮބާ؟
ޖަވާބު: ކަކުލަށް އަނިޔާވުމުގެ ކުރިން ވަރަށް ޓްރެވަލްކުރަން ފުރުސަތު ލިބުން. އަބަދުވެސް ވަރަށް ކަމުދޭ ލާމު އަތޮޅު.
ދެން އަޅުގަނޑަކީ ބ. އަތޮޅު މީހެއް. މި އީދުގައި ބ. ކަމަދޫގެ އީދު ފޯރި އެންމެނަށް ވާނީ ފެނިފައި. އީދަށް ދާން ވަރަށް ސަޅި ތަނެއް އެއީ. އެ ރަށު މީހުންނަކީ ސަގަފީ ކަންކަން ދަމަހައްޓާ، އިޖުތިމާއީ ރޫހު ހިފަހައްޓާ ބައެއް.
10. ކުރިއަށް ދާން ބޭނުމީ ކޮންޓެންޓް ކްރިއޭޝަން ދާއިރާއިން ތަ؟
ޖަވާބު: މިހާރު ކުރާ މަސައްކަތާއި ވަރަށް ގަޔާވޭ. ޓްރެއިންގެ ދާއިރާއިން އިތުރަށް ކިޔަވާ މި ދާއިރާއިން ކުރިއަށް ދާން ބޭނުމީ. އަދި މިކަމުގެ ކޮންޓެންޓް ކްރިއޭޓްކުރަން. އަބަދުވެސް ވަރަށް އުފާވޭ އަޅުގަނޑުގެ ކޮންޓެންޓް ކަމުގޮސްގެން މީހަކު ޑީއެމް ކުރީމަ. އަދި އަޅުގަނޑުގެ ޕޯސްޓެއް ނުވަތަ ރީލްއެއް ފެނިގެން ޖިމްއަށް ނުވަތަ ހެލްތީ ބަދަލެއް ގެންނަން އިންސްޕަޔާވީމާ.