ދެ ދީނަކަށް ނިސްބަތްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރް އިގްބާލްގެ ކައިވެންޏާއެކު އިންޑިއާގައި ދެ ދީނުގެ މީހުންގެ މެދުގައި ކުރެވޭ ކައިވެނީގެ ވާހަކަތަކުގެ އަޑުތައް މިވަނީ ގަދަވެފަ އެވެ.
އެގޮތުން އެންމެ ފަހުން ފެންމަތި ވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތަރިޔާ ސުނިދީ ޗޯހާންގެ އެފަދަ ތަޖުރިބާއެއްގެ ވާހަކަ އެވެ.
އުމުރުން އެންމެ 18 އަހަރުގައި މައިންބަފައިންގެ ނުރުހުމުގައި ބޮބީ ޚާން ނަމަކަށް ކިޔާ މުސްލިމަކާ ކައިވެނި ކުރި ސުނިދީގެ އާއިލާއިން ވަނީ އެކަމާ ހެދި އޭނާއާ ގުޅުން ކަނޑާލާފަ އެވެ.
ސުނިދީގެ އާއިލާއިން ބުނެފައި ވަނީ ބޮބީއަކީ އެމީހުންގެ ދަރިފުޅާ އެކަށީގެންވާ މީހެއް ނޫން ކަމަށާއި ބޮބީއަށް ވުރެ މާ ރަނގަޅު މީހުން ސުނިދީއަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ ރޫޅިފައިވާއިރު، ސުނިދީ ވަނީ އޭގެ ފަހުން އޭނާގެ މައިންބަފައިންގެ ގެއަށް ބަދަލުވެފަ އެވެ.
1999 ވަނަ އަހަރު ބޮލީވުޑްގެ ކެރިއަރު ފެށި ސުނިދީ ވަނީ މިހާތަނަށް އައިއިރު އިންޑިއާގެ އެކި ބަސްބަހުން 2000 އަށްވުރެ ގިނަ ލަވަތައް ކިޔައިދީފަ އެވެ.