1. ހުދާ އެއްވެސް ވޯކްއެއް ކުރަންތަ؟
ޖަވާބު: މާލޭގެ ޓްރެވަލް އޭޖެންސީއެއްގެ ކޮންސަލްޓަންޓްއެއްގެ މަސައްކަތްކުރަނީ.
2. ބާލީ އެކްސްޕީރިއަންސް ކިހިނެތް ވަނީ؟ ރިކޮމެންޑްކުރާނީ ކޮން ކަމެއް؟
ޖަވާބު: އަދި މިހާތަނަށް ކުރެވުނު އެންމެ މެމޮރަބަލް އަދި ފަން ދަތުރު. ފެލް އިން ލަވް ވިތް ބާލީ.
ބާލީއަށް އަށް ގޮސް މަސްޓް-ޑޫ ކަމެއްގެ ގޮތުގައި ހުދާ ބުނެލާނީ ވައިޓް ވޯޓާ ރާޕްޓިން އޭ. އިންފްލޭޓަބަލް އެއްގައި. ބޮޑު ރިވާއެއް ތެރޭގައި. ވަށައިގެން ހުސް ނޭޗާ އޮތް ހިސާބެއް އެކްސްޕީރިއަންސް ކޮށްލެވުން އެއީ ވަރަށް ހިތް ފަސޭފަ ޕީސްފުލް ކަމެއް. އަދި އެހާމެ މަޖާ ވެސް ކަމެއް ރިވާގެ އޮއިވަރާ އެއްކޮށް ދެވުމަކީ.
3. އެންމެ ފޭވަރިޓް ބްރޭންޑް ކޮލާބޮރޭޝަންއަކީ ކޮބާ؟
ޖަވާބު: އަދި މިހާ ތަނަށް ލިބުނު ކޮލާބްސްއިން އެންމެ ފޭވަރިޓަކީ ބިސޭކާ މޯލްޑިވްސް
4. ހޭޓް ކޮމެންޓްއާ ޑީލްކުރަނީ ކިހިނެތް؟
ޖަވާބު: ކުރިން ވަރަށް ބޮޑަށް ކުރިކަމެއް މީ. އެކަމަކު މިހާރު އެހާ އެފެކްޓެއް ނުކުރޭ އަސްލު. އެއީ ނުވެސް ދަންނަ ފޭކް އައިޑީތަކަކުން މީހަކު ކުރާ ކޮމެންޓްސް އެހާ މުހިއްމެއް ނޫން. އެއަށް ބްލައިންޑް އައި އެއް ދޭން ދަސްވީ ފަހުން.
5. އެބައިންތަ ވަރަށް މުހިއްމު ޓެރެވަލް ޓިޕްއެއް؟
ޖަވާބު: ޓްރެވަލް ކުރުމުގެ ކުރިން ވަރަށް ރަނގަޅަށް އެ ދާ ތަނެއްގެ ރީސާޗް ހަދާ، އައިޓިނެރަރީ އެއްވެސް ހަދާއިގެން ދިޔުން. އޭރަށް ކޯސްޓް އެންޑް ޓައިމް އެފެކްޓިވް ކޮށް ޓްރެވަލްކުރެވޭނެ. އެންޑް ޖަސްޓް އެންޖޯއި ވެރެވާ ޔޫ އާ.
6. އެންމެ ސަޅި ލޯކަލް އެކްސްޕީރިއަންސް އަކީ ކޮބާ؟
ޖަވާބު: މިހާތަނަށް ދެވިފަ ހުރި ތަންތަނުން އެންމެ ސަޅި ލޯކަލް އެކްސްޕީރިއަންސްއަކަށް ބުނެލެވޭނީ، ވޯކް ޓްރިޕެއްގައި ޔޫ އެންޑް މީ މޯލްޑިވްސްގެ އަންޑާވޯޓާ ރެސްޓޯރެންޓް ބަލާލަން ދިޔުން. އަބަދުވެސް އަޑުއިވޭ އަންޑާވޯޓާ ރޫމާ ރެސްޓޯރެންޓުގެ ވާހަަކަ. ހަމަލޮލަށް ބަލާލަން ލިބުމަކީ ވަރަށް ޙާއްސަ ކަމެއް.
ދެން ސްޓޯން ހޮޓެލްސްއަކީ ވަން އޮފް މައި ފޭވަރިޓް މި ފަހުން ހުޅުވި ތަންތަނުން. ވީކެންޑް ގެޓަވޭ އަކަށް މާލެ ކައިރި ހިސާބަކަށް ގޮސްލާ ކަމުގައި ވާނަމަ.
7. ސްރީލަންކާގަ ބަލާލަން ރީތިތަނެއް ރިކޮމެންޑް ކުރެވިދާނެތަ؟
ޖަވާބު: ސްރީލަންކާގައި ހުދާ އަށް އެންމެ ކަމު ދިޔައީ އެލާ. އެތާގެ މޫސުމާއި، މައުންޓަން ވިއުތަކާއި އެޓްރެކެޝަންސްތައް. މިސާލަކަށް ނައިން އާޗް ބްރިޖް، އެޑަމްސް ޕީކް، ވޯޓާ ފޯލްތައް ވަރަށް ހިތްގައިމު.
8. ކޮން ކަހަލަ ޕްރޮޑަކްޓެއް ބޮޑަށް ރިވިއު ކުރާ ހިތްވަނީ؟
ޖަވާބު: އަސްލު އެންމެ ބޮޑަށް ބޭނުމީ ތަފާތު ރިސޯޓާއި ގެސްޓްހައުސް ރިވިއުކުރަން. ދެން ސްކިންކެއާ އަދި މޭކަޕް ރިވިއުވެސް ކަމުދޭ. ކާ އަޅުގަނޑަކީ ފުޑީއެެއް އެހެންވީމަ ކާއެއްޗެހި ވެސް.
ދެން ކުރިއަށް އޮތްތާންގަ ވަރަށް އިންޓްރެސްޓް ހުރޭ ޑްރެސާސް ވެސް އެކި ގޮތް ގޮތަށް ސްޓައިލްކޮށްލަން.
9. ލޯކަލް ތަންތަނުން ދާން ބޭނުންވާ ތަނެއް އެބަހުރިތަ؟
ޖަވާބު: ސޮނެވާ ޖާނީ އެއީ ރިސޯޓް ސެކްޓާ އިން ވަރަށް ދާން ބޭނުންވާ ތަނެއް އަދި ނުދެވޭ. ދެން ލޯކަލް އައިލެންޑުން ފުވައްމުލަށް. އެއީ ބަކެޓް ލިސްޓްގައި އިން ރަށެއް. ޓައިގާ ޝާކްސް އާ އެއްކޮށް ޑައިވްކޮށްލާ ކުޅިއަށް އެރިލަން.
10. ކުރިއަށް ދާން ބޭނުމީ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގަތަ؟
ޖަވާބު: ފުލް ޓައިމް ކޮންޓެންޓް ކްރިއޭޓާ އަކަށް ވާކަށް އަދި އެއްވެސް ހިޔާލެއް ނެތް. އެއީ ހުދާގެ ޖޮބް މީ ހަމަ ޑްރީމް ޖޮބް. އަލްހަމްދުލިއްލާހި. ޓްރެވަލް އެެންޑް ޓުއަރިޒަމް އިންޑަސްޓްރީގެ ތެރެއިން ބޮޑަށް ކުރިއަށް ދާން ބޭނުންވަނީ އަދިވެސް. އެއީ ހުދާ ކިޔެވީވެސް މި ދާއިރާއިން. ޑީޕްލޮމާވެސް ޑިގްރީ ވެސް ހެދީ އިންޓަނޭޝަނަލް ޓުއަރިޒަމް މެނޭޖްމެންޓްއިން.