ޖޫން މަހުގެ ކުރީކޮޅު ހަނދުގެ ދުރު ސަރަހައްދުން ނެގި ވެލި ސާންޕަލްއަކާއިއެކު ޗައިނާގެ ލޫނާ ޕްރޯބް އަނބުރާ ދުނިޔެއަށް އަތުވެއްޖެއެވެ.
މިއާއެކު ހަނދުގެ ދުރު ސަރަހައްދުން ސާންޕަލެއް އަނބުރާ ގެނައި ފުރަތަމަ ގައުމަށް ޗަައިނާ ވަނީ ވެފަ އެވެ. ހަނދުގެ ދެކުނު ފަޅިއަކީ އެ ސަރަހައްދުގައި ފަރުބަދަތައް ގިނަ ސަރަހައްދެކެވެ. އެހެންކަމުން މި ސަރަހައްދުގެ މިޝަންތަކަކީ އުނދަގޫ މިޝަންތަކެކެވެ.
ޗައިނާގެ މާހިރުން ބުނާ ގޮތުގައި މި ނެގުނު ސާންޕަލްތަކަކީ ގާތްގަނޑަކަށް 2.5 މިލިއަން އަހަރުގެ ވޮލްކޭނިކް ގާ ކަމަށް ބެލޭ ކަމަށެވެ. އަދި މި ސާމްޕަލްތައް ދިރާސާކުރުމުން ހަނދުގެ ދެ ފަރާތުގައި ހުުންނަ ގުދުރަތީ ތަފާތުތައް ދެނެގަނެވޭނެ ކަމަށް ބުނެ އެވެ.
ހަނދުގެ ކައިރި ސަރަހައްދަކީ ދުނިޔެއާވީ ފަޅިއަށް އޮންނަ ސަރަހައްދެވެ. މި ސަރަހައްދުގެ ބިންގަނޑު އަނެއް ފަޅިއަށް ވުރެ އެއްވަރުވާނެ އެވެ. އަދި ކްރޭޓާތައް މަދުވާނެ އެވެ. ހަނދުގެ އަމިއްލަ ބުރު ހުންނަ ގޮތުން ދުނިޔެއަށް އަބަދުވެސް ފެންނާނީ އެންމެ ފަޅިއެކެވެ.
މި މިޝަންގެ ކާމިޔާބީއާ ބެހޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވިގޮތުގައި މިއީ ޗައިނާއަށް "އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް" އެއް ކަމަށެވެ. އަދި މި ކާމިޔާބީއާއެކު ޗައިނާގެ ޖައްވީ ޕްރޮގްރާމް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.