ބާރަ އަހަރަށްފަހު ހޮލީވުޑްގެ މަޝްހޫރު އޮން ސްކްރީން ޖޯޑެއް ކަމަށްވާ ޒެކް އެފްރޮން އާއި ނިކޯލް ކިޑްމަންއެކުގައި ފިލްމެއްގެ މަސައްކަތް ކޮށްފި އެވެ.

ނެޓްފްލިކްސްގެ ކޮމެޑީ ފިލްމް "އަ ފެމިލީ އެފެއާ"ގައި މި ދެތަރިން ފެނިގެންދާއިރު، އަލުން އެކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ޒެކް ސިފަކުރީ ވަރަށް މަޖާ ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ޒެކްއާއި ނިކޯލް މީގެ ކުރިން އެކުގައި ފެނިފައިވަނީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ދަ ޕޭޕާ ބޯއީ"އިންނެވެ. އެ ފިލްމުގައި ފެނިގެންދިޔައީ ނިސްބަތުން ހަގު ފިރިހެނަކު މެދު އުމުރުގެ އަންހެނެއްގެ ލޯބި ހޯދަން ކުރާ މަސައްކަތެވެ.

ހަބަރުތައް ބުނާ ގޮތްގައި ނެޓްފްލިކްސްގެ "ފެމިލީ އެފެއާ"އަކީ ވެސް ހަމަ އެ ކަހަލަ ވާހަކައަކަށް ބިނާކޮށް އުފައްދާ ހެއްވާ މަޖާ ފިލްމެކެވެ.

ޒެކް ބުނި ގޮތުގައި ނިކޯލްއާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ތަފާތު ތަޖުރިބާއެއް ކަމަށާއި އެގޮތުން މިފަހަރު ވެސް އާ ކަންތައްތަކެއް ދަސްވި ކަމަށެވެ.

"އަ ފެމިލީ އެފެއާ" މިހާރު ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުން އަންނައިރު ގިނަ ބައެއްގެ ތަރުހީބު އެ ފިލްމަށް އަންނަނީ ލިބެމުންނެވެ.