ކޭޝިއަރުންނާއި ފޮޓޯގްރާފަރުން ފަދަ ވަޒީފާތަކުގައި ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް އިސްކަންދިނުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކޮންމެ ހަފްތާއަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ރާއްޖޭގައި ބިދޭސީން އަދާކުރަމުންދާ ބައެއް ވަޒީފާތަކަށް ދިވެހި ޒުވާނުން ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރަށް ޒުވާނުން ވަނުމަށް ބާރުއެޅުމުގެ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ލުއި ގޮތްތަކެއްގެ މަތިން އެސްއެމްއީ ލޯނުތައް ދޫކުރައްވާނެކަން ވެސް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލްތަކާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގަނާކުރުން ނުވަތަ ބުލީކުރުމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހާއްސަ ސިޔާސަތުތަކެއް އެކުލަވާލަމުންދާ ކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އާސަންދައިގެ ތެރެއިން އެކަންކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ކަމަކީ ރާއްޖޭގައި ކްރިއޭޓާ އިކޮނޮމީއެއް ބިނާކުރުމެވެ. މިގޮތުން، ޓެކްނޮލޮޖީއާއި އުފެއްދުންތެރި ދާއިރާތަކުން ޒުވާނުންނަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ ޖާގަތަކާއި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އަމާޒަކީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް ޒުވާނުންގެ ފަރާތުން ލިބޭ މަންފާ އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ތަޢުލީމާއި ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމުގައި މެރިޓަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ތައުލީމު ނުވަތަ ވަޒީފާގެ ފުރުސަތެއް ނެތި މުޖުތަމައުން އެކަހެރިވެފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ޚާއްސަ "ނޭޝަނަލް ސާވިސް ޕްރޮގްރާމް" އެއް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ރައީސް މުއިއްޒު ވަނީ މި ޕޮޑްކާސްޓްގައި ހާމަކުރައްވާފަ އެވެ.
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
