އަހަރުމެން އެންމެންނަކީ ވެސް ދިރިއުޅުމުގެ އެކި ކަންކަމުގައި އަވަދިނެތި އުޅޭ ބައެކެވެ. ދިރިއުޅުމުގެ ހޭލަމޭލައިގެ ތެރެއިން ގިނަފަހަރަށް އަހަރުމެންގެ ސިއްހަތަށް ދޭންވާ ސަމާލުކަން އޮންނަނީ ނުދެވިފަ އެވެ. އެހެން ނަމަވެސް ބުރަކޮށް އުޅެމުން ވެސް އާއްމު ސިއްހަތަށް ފަރުވާތެރި ވެވޭނެ ގޮތްތައް އެބަހުއްޓެވެ.

ގިނައިން ފެން ބުއިން

އަތް ދަބަހުގައި އަބަދުވެސް ކުޑަ ފެންފުޅިއެއް ގެންގުޅޭށެވެ. ވަޒީފާގެ ނުވަތަ މަސައްކަތުގެ ތެރެއިން ދޭތެރެ ދޭތެރެއިން ފެންފޮދެއް ބޯން ހަނދާން ބަހައްޓާށެވެ.

ގިނައިން ހަރަކާތްތެރިވުން

އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިނުމުގެ ބަދަލުގައި ކޮޅަށް ތެދުވެ ދެކޮޅަށް ހިނގާލާ ހެދުމަކީ ވެސް މީހާގެ ސިއްހަތަށް ފައިދާކުރާނެ ކަމެކެވެ. ހަމަ އެހެންމެ ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ނިދި ހަމަކުރުން

ބުރަ ދުވަހަކަށްފަހު އަނެއް ދުވަހަށް ތައްޔާރު ވުމުގެ ގޮތުން ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ 8 ގަޑިއިރުގެ ނިދި ހޯދުމެވެ. މިއީ ބަލިތަކުން ދުރުވެ އާއްމު ސިއްހަތު ރަނގަޅު ކޮށްދޭނެ ކަމެކެވެ.

ސްޓްރެސް "މެނޭޖް" ކުރުން

ވަޒީފާއެއްގައި އުޅުމަކީ ސްރެސް ނުވަތަ ހާސްކަން ކުރިމަތިވާނެ ކަމެކެވެ. އެހެން ނަމަވެސް ކުރިމަތިވާ ސްޓްރެސް ކޮންޓްރޯލް ކޮށް މެނޭޖް ކުރަން އެކަށޭނަ އުކުޅުތައް ގެންގުޅުން މުހިއްމެވެ. މިސާލަކަށް ދުވަހުގެ ތާވަލް ކުރިއާލާ ރޭވުމެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރުން

މަސައްކަތުގައި ކުރިމަތިވާ ހާސްކަމުން ދުރުވުމަށްޓަކައި ގިނަ ބަޔަކު އެހީ ހޯދަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނެވެ. އެހެން ނަމަވެސް މަސައްކަތުގައި އުޅޭއިރު އަދަދު ނޭނގި ބޮވޭ ސިނގިރޭޓުތަކަކީ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ.