ހޮލީވުޑްގެ ވެޓެރަން ދެ އެކްޓަރުން ކަމަށްވާ ވިލިއަމް ޑެނިއަލްސް އާއި އޭޭނާގެ އަންހެނުން ބޮނީ ޑެނިއަލްސްގެ ކައިވެންޏަށް 73 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

މި ހާއްސަ މުނާސަބަތާ ގުޅުވައިގެން ބޮނީ ބުނެފައި ވަނީ އެމީހުން އެކު 73 އަހަރު ހޭދަކުރި ނަމަވެސް ކޮންމެ ދުވަހަކީ ވެސް އާ އެއްޗެއް ދަސްވާ ދުވަހެއް ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރުމެންނަށް ދުނިޔޭގެ ރެކޯޑެއް ހެދޭހެން. އަހަރުމެންނަށް ހަޔާތުގައި ތަފާތު ތަޖުރިބާތައް ކުރެވިފައިވޭ،" ބުނީ ބުންޏެވެ.

މިހާރު އުމުރުން 97 އަހަރުގެ ވިލިއަމްއާއި 95 އަހަރުގެ ބޮނީ ކައިވެނި ކޮށްފައިވަނީ 1951 ވަނަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ދެމީހުންނަކީ މެޑިކަލް ޑްރާމާއެއް ކަމަށްވާ "ސެއިންޓް އެލްސްވެއާ"ގައި ދެމީހުން ވެސް ދައްކުވައިދިން އެކްޓިންއަށް އެމީ އެވޯޑު ލިބިފައިވާ ދެ މީހުންނެވެ.

ބޮނީގެ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި "ލިޓްލް ހައުސް އޮން ދަ ޕްރެއިރީ" ހިމެނޭއިރު ވިލިއަމްގެ "ބޯއީ މީޓްސް ދަ ވޯލްޑް" ފާހަގަ ކުރެވެ އެވެ.