ހަތަރު ރަށެއްގެ މެޖިސްޓްރޭޓުން އެހެން ރަށަކަށް ބަދުލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ބަދަލު ގެނެސްފައިވަނީ މެޖިސްޓްރޭޓުން އަމިއްލަފުޅަށް އެދިގެން، މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީގެ މި ނިންމުން ތަންފީޒުކުރައްވާފައިވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ޖޭއެސްސީން ގެންނަން ނިންމާފައިވާ ބަދަލުތައް:

  • ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ޝީރީން ނާހިދާ ލަޠީފް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް
  • ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަޙްމަދު ޔަސަޢު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް
  • ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަޙްމަދު އަރީޖް، ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް
  • ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ނަޛީރު މުޙައްމަދު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް

ޖޭއެސްސީން މި ހަތަރު މެޖިސްޓްރޭޓުން ބަދަލު ކުރަން ނިންމާވާފައިވަނީ މިދިޔަ ޖޫން މަހުގެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.