ރާއްޖެއަކީ ހޫނުގަދަ އިރު އިންތިހާއަށް ހޫނު ގަދަވާ ގައުމުކެވެ. އަދި މި ހޫނުގައި ދާހިތްލުމަކީ އާންމުކަމެކެވެ. އެހެންކަމުން މި ފަދަ ގައުމެއްގައި ދިރިއުޅޭއިރު ސާފުތާހިރުކަމަށް ވެސް އަހަރުމެން ވިސްނަން ޖެހެ އެވެ. ސާފުތާހިރުކަމަކީ ހަމައެކަނި ފެންވަރާލުމެއް ނޫނެވެ.
ފެންވެރުމަށްފަހު މީހާގެ އެ ހުންނަ ތާޒާކަން ގިނަ ވަގުތު ދެމެހެއްޓުމަކީ ވެސް ކުރަން މުހިއްމު ކަމެކެވެ. އެންމެ އަވަހަށް ތާޒާކަން ކެނޑޭނީ ހަށިގަނޑުގައި ބޮޑަށް ބެދިފައި ހުންނަ ތަންތަނުންނެވެ. އެންމެ ފުރަތަމަ ތާޒާކަން ކެނޑި ވަސް ދުވާނީ ކިހިލިފަތިންނެވެ. މީހާގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކިހިލިފަތިން ވަސްދުވުން ހުއްޓުވަން ޖެހެނީ މިހެންވެ އެވެ. އެއީ ތިމާއަށާއި ތިމާ ވަށައިގެން އުޅޭ މީހުންނަށް ވިސްނާ ކުރަން ޖެހޭ ކަމެކެވެ.
ކިހިލިފަތިން ވަސްދުވުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަން:
1. އެންޓި- ޕާސްޕިރެންޓެއް ބޭނުންކުރުން
އެންޓި- ޕާސްޕިރެންޓަކީ އެލުމީނިއަމް އެކުލެވޭ އެއްޗެކެވެ. އެލުމީނިއަމްއަކީ ދާހިތްލުން މަދުކޮށްދޭ އެއްޗެކެވެ. މި ފުޅި ބޭނުންކުރަން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު އެވެ. ހެނދުނު ދެވަނަ ފަހަރަށް ވެސް ބޭނުން ކޮށްލެވިދާނެ އެވެ.
2. ކިހިލިފަތި ހިއްކާލުން
އެންޓި- ޕާސްޕިރެންޓެއް ބޭނުން ކުރުމުގެ ކުރިން ކިއްޕަތި މުޅިން ހިކިފައި ވޭތޯ ޔަގީން ކުރާށެވެ. ފެންވެރުމަށްފަހު 15 މިނެޓް ވަންދެން މަޑުކޮށްލުމަށް ފަހު އެންޓި- ޕާސްޕިރަންޓް ބޭނުންކުރާށެވެ.
3. ބެންޒޮއިލް ޕެރޮކްސައިޑް ހުންނަ ވޮޝްއެއް ބޭނުން ކުރުން
ވަރަށް ފަސޭހައިން ވަސް ހިފާ ކަމަށް ވާނަމަ، މި ވައްތަރުގެ ވޮޝްއެއް ބޭނުންކުރުން ރަނގަޅުވާނެ އެވެ. ބެންޒޮއިލް ޕެރޮކްސައިޑްއަކީ ވަސް އުފައްދާ ބެކްޓީރިއާ މަދުކުރާ އެއްޗެކެވެ. ދިހަ ޕަސެންޓްގެ ބެންޒޮއިލް ޕެރޮކްސައިޑް ހުންނަ ވޮޝް އެއް ޚިޔާރުކުރާށެވެ. (ނޯޓް: ބެންޒޮއިލް ޕެރޮކްސައިޑް އަކީ ފޮތި ބްލީޗް ކުރާ އެއްޗެެކެވެ. މި ބޭނުންކުރާނަމަ، މި ކަމަށް ސަމާލުވައްޗެވެ. )
4. ވިހަ ޕަސެންޓް އަލުމީނިއަމް ހުންނަ އެންޓި ޕާސްޕިރަންޓެއް ބޭނުންކުރުން
ބޭނުންނަމަ، އަލުމީނިއަމް ނެތް އެއްޗެއް ވެސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި އެންމެ ވަަރުގަދަ އީ އަލުމީނިއަލް ހުންނަ އެންޓި-ޕާސްޕިރަންޓެވެ. މިކަންތައް ކުރުމަށްފަހު ކިހިލިފަތިން ނުބައި ވަހެއް ދުވާތޯ ބަލައިލާށެވެ.