ހަރަދުތައް ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) ގެ އިސްވެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.
މިއަދު މީސްމީޑިއާގައި މިފްކޯ މުވައްޒަފުންގެ މުސާރަ ކުޑަ ކުރިކަމަށް ބުނެ ދައުރުވާ ވާހަކަތަކާއި ގުޅިގެން މިފްކޯގެ ފަރާތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ މިފްކޯ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުން ދާ ކަމަށެވެ. އެގޮތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޖެނެރަލް މެނޭޖަރުންނާއި ސީނިއާ މެނޭޖްމެންޓްގެ މުސާރަ ކުޑަކުރަން ނިންމާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރަ އުނި ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.
"މިކަމުގައި އެއްވެސް އޮޅުވާލުމެއް މިކުންފުނިން ނުގެންގުޅޭނެ ވާހަކަ ދަންނަވަން. އެލަވަންސްތައް ވެސް ރައިޓް ސްޓާފުންނަށް ރައިޓްކޮށް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި ތަރުތީބު ކުރުމަކީ ނުހައްގު ކަމަކަށްވުރެ ހައްގު ގޮތުގައި ކަންކަން ތަރުތީބު ކުރުން. މީ މިފްކޯގެ ވިސްނުން އަދި އަމާޒު،" މިފްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ސީނިއާ މަގާމުތަކުގެ މުސާރައިގެ 20 އިންސައްތަ ކުޑަކުރުމާއި، މުސާރައިގެ އޮނިގަނޑު ހާމަނައިޒް ކުރުމާއި މުވައްޒަފުންގެ މަސައްކަތަށް ބަލާ ވަކިކުރަން ޖެހޭ މުވައްޒަފުން އުސޫލުގެ ތެރެއިން ވަކިކުރުން، އަދި 65 އަހަރުގެ ކޮންޓްރެކްޓް މުވައްޒަފުން ތިން މަސް ދުވަހުގެ ނޯޓިސްއެއް ދީ ވަކި ކުރުމަށްވެސް މިފްކޯގެ މެމޯއެއްކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މެމޯގައިވެ އެވެ.
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާވާހަކަ ދޮގުކޮށްފި
ޝަމްއާނަށް ދައުވާކުރީ ސިޔާސީ ކަމެއްގައި: ޔާމީން
ނުވަންޏާ ގެއަށް ކަނޑައިލަާ
ކުޑަކުރަންވީ މިފްކޯގެ އިސްވެރިންގެ މުސާރައެއްނޫން ކުޑަކުރަން ވީ ރައްޔަތުންގެފައިސާއިން ލައްކަޔަކާ ގާތްކުރާ އަދަދެއްގެ މުސާރަކައިގެން އާސިއާންގެ ގައުމުތަކުން ބޭސްފަރުވާ ހޯދައިގެން ރައްޔަތުންނައް ކަމެއްކޮއްނުދޭ މެމްބަރުންނާ ރައްޔަތުންނައް މަލާމާތްކުރާ ކެބިނެޓު މިނިސްޓަރުން ފެންވަރުގެ މަގާމުތަކުގައި ތިބަ މީހުންގެ މިފްކޯގެ ވެރިންނަކީ ބުރަމައްކައް ކޮއްގެން މުސާރަނަގާބަޔެއް