ރާއްޖޭގައި ހުންނަ ފްރެންޗައިސް ރެސްޓޯރަންޓް ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި އެވެ.
ފުލުހުން ބުނީ އަމީނީމަގުގައި ހުންނަ ކޭއެފްސީ ބިއްލޫރިގަނޑު ރޭފަތިހު 4:32 ހާއިރު، ގާބުރިއަކުން ޖަހާ ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
މާލޭގައި ހުންނަ ކޭއެފްސީ ބިއްލޫރިގަނޑު މިދިޔަ ހަފްތާގައި ވެސް ވަނީ ތަޅާލައިފަ އެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް ވާގިވެރިވާ ބްރޭންޑަކަށްވާތީ ކޭއެފްސީ ބަންދުކުރުމަށް ގޮވާލާ ހަރަކާތްތައް ހިންގަމުންދެ އެވެ.
އަމީނީ މަގުގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ކައިރީ ދޭތެރެއަކުން އިހުތިޖާޖުކޮށް، އެ ބްރޭންޑުތައް ބޮއިކޮޓު ކުރުމަށް ގޮވާލާ ޒުވާނުންގެ ބަޔަކު އަންނަނީ މުޒާހަރާކޮށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް މުޒާހަރާއެއްގައި މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިފައެއް ނުވެ އެވެ.
މަސްތުގެ ހާލަތުގައި ކާރު ދުއްވައި އެކްސިޑެންޓްކުރި މީހާ ބަންދު
ކަސްރަތަށްފަހު "ޕްރޮޓީން ޝޭކް"އެއް ހަމަ ބޭނުން ވޭތަ؟
ބޮލީވުޑް މިއުޒިކުން އަމާލް އެއް އަހަރުގެ "ބްރޭކެއް" ނަގަނީ!