ގދ. ތިނަދޫއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ވަގުތީގޮތުން ހައްލުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެކަމާ ގުޅިގެން މިއަދު ފެނަކައިން އެކްސްގައި ބުނީ ތިނަދޫ ސިޓީގެ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ހައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންދާ ކަމަށާއި މި މަސައްކަތް ކުރިއަށްދާއިރު، ބައެއް ގަޑިތަކުގައި ފެނުގެ ހިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
އިނގިރޭސިންނަށް ވެސް އާޖެންޓީނާ މައިތިރި ނުކުރެވުނު
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެމްއޯޔޫއެއް