ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކުން އަދި އެ ތަކެތި ބުއިމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށްފި އެވެ.
އެފަދަ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މީގެ ކުރިން ނިންމާފައި ވަނީ 1 އޮގަސްޓް (މިއަދު) އެވެ. ނަމަވެސް މިއަދު ވަނީ އެ ތާރީހަށް ބަދަލު ގެނެސް، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ތެރެއިން ދުންފަތް، ނިކޮޓިން އެކުލެވޭ ބާވަތްތައް، އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް، އީ-ސިގިނރެޓް ފަދަ ތަކެއްޗަށް 1 އޯގަސްޓް 2024 އިން ފެށިގެން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާނެ ކަމަށް ކަސްޓަމްސް އިން ކުރިން އާންމު ކުރި އުސޫލުގައި ބުނެފައިވެ އެވެ.
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ