އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގަންނަވަނީ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސްގެ ނުވަ ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 4 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށް މައްކާގަ އެވެ.
މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ އިސްލާމީ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަސާސްތައް ހަރުދަނާކުރުމުގައި އިސްލާމީ ކަންކަމާ ބެހޭ ވުޒާރާތަކުގެ ދައުރެވެ. މި ކޮންފަރެންސްގައި 60 ގައުމަކުން ބައިވެރިވެ އެވެ.
މިނިސްޓަރު ޝަހީމްއާއެކު އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިހް އިމްތިޠާއު އައްބާސް އެވެ.
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
ތިޔަވާނީ ކޮންމެވެސް ވިޔަފާރި ދަތުރަކަށެވެ. ޓްރޭޑް މިނިސްޓަރ! މީނައަށް މިސްކިތު ފަންޑުން އައިސް ޕްލަަންޓު ތަށް ހިންގުން ހަވާލު ކުރަން ފެނެއެވެ.